ކޯވިޑް-19

ކޯޥިޑް-19 : ޓްރީ ޓޮޕް ހޮސްޕިޓަލުންވެސް ފްލޫ ކްލިނިކެއް ޤާއިމުކޮށްފި


ޓްރީ ޓޮޕް ހޮސްޕިޓަލުންވެސް ފްލޫ ކްލިނިކެއް ޤާއިމުކޮށް ޚިދުމަތް ދޭންފަށައިފިއެވެ.

މިއީ އާއްމު ރޯގާތަކާއި، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ފަރާތްތަކަށް ފަސޭހަކަމާއެކު ޑޮކްޓަކަރަށް ދެއްކުމުގެ ފުރުޞަތު ލިބޭނެ ކްލިނިކެއްކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

މި ފްލޫ ކްލިނިކުން ބަލި މީހުންގެ އަލާމާތްތަށް އިތުރަށް ބަަލައި ތަޙްލީލްކޮށް އެކަށީގެންވާ ފަރުވާ ދެވޭނެކަމަށާއި، އާންމު ފްލޫތަކުގެ ވެކްސިން ބޭނުންވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ލަފާދެވޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ. މި ފްލޫ ވެކްސިނަކީ ދާއިމަށް ފަރުވާ ބޭނުންވާ ބަލި މީހުންނަށާއި، ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ރޯގާޖެހިގެން ބަލިވުމުން ދުރުކޮށްދިނުމަށް އެހީވެ ދޭ ވެކްސިންއެކެވެ.

މި ކްލިނިކަށް ބަލި މީހުން ދެއްކުމަށްފަހު، އެމީހަކަށް އިތުރު ފަރުވާ ބޭނުންވާނަމަ އިމަރޖެންސީއަށް ނުވަތަ ފަރުވާއާއި ގުޅޭ ޑިޕާޓްމަންޓަކަށް ގެންގޮސްދެވޭނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު ހެނދުނު 0900 އިން ހަވީރު 1830 އަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށްދާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ "ސްކްރީނިންގް ޕޮލިސީ"އެއްގެ ތެރެއިން ސްކްރީން ކުރުމަށްވެސް ފަށާފައެވެ. މި ސްކްރީނިންގައި ހުން ހުންނަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަށް ޑޮކްޓަރަށް ދެއްކުމަށް ފްލޫ ކްލިނިކަށް ޙާއްސަ ކުރެވިފައިވާ ސަރަހައްދަކަށް ވަކި ދޮރަކުން ގެންގޮސްދެވޭނެއެވެ. މި ބަދަލުގެ ސަބަބުން ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކޮށް، ބަލިފެތުރުމުގެ ފުރުސަތު ކުޑަ ކުރެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.