ވިޔަފާރި

ކޯވިޑް-19 : އަލަށް ވާރކް ވިސާއަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފި


އަލަށް ވާރކް ވިސާ އާއި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މީގެކުރިން ވަނީ ވާރކް ވީސާއާއި އެހެނިހެން ވީސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އިމިގްރޭޝަނުން ވިދާޅުވީ މިގޮތަށް ނިންމީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާންކޮށްފައިވުމާއި، ރިސޯޓުތަކުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުން މެދުކަނޑާލާފައިވާތީ ކަމަށެވެެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިޢުލާނުކުރައްވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި، މެޑިކަލް ރިޕޯޓާއި ނުލާ އަލަށް ވާރކް ވިސާއަށް އެދި ހުށަހަޅާ ބިދޭސީންނަށް ވާރކް ވިސާ ދޫކުރެވޭނީ 03 (ތިނެއް) މަސް ދުވަހުގެ މުއްދަތަކަށެވެ.