ޚަބަރު

ކޯވިޑް-19: ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން އިިތުރު 4 ރިސޯޓަކުން މީހުންގެ ސާމްޕަލްނަގައި ޓެސްޓްކުރަނީ


ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުމާގުޅިގެން އިތުރު 4 ރިސޯޓަކުން މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި ވަނީ:
- ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް
- އޮޅުވެލި ބީޗް ރިސޯޓް
- ބަޑޮސް އައިލެންޑް ރިސޯޓް
- މީރު އައިލެންޑް ރިސޯޓް

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ އާލާމަތްތަކެއް ފެނުމާގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އެ 4 ރިސޯޓުންވެސް ބައްޔަށް ޝައްކުރެވޭ މީހުން ހޯމް-އައިސޮލޭޝަނަށް ލާފައިވާކަމަށެވެ. އަދި މި 4 ރިސޯޓުވެސް މޮނިޓަރިންގއަށް ލާފައިވާކަމަށާއި، އެތަންތަނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ރާއްޖޭން ކޯވިޑް-19 އަށް 9 މީހަކު ޕޮސިޓިވްވެފައިވާއިރު، މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 4 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- އަނަންތާރަ ދިގު މޯލްޑިވްސްއިން އެކެކެެވެ.

ކޯވިޑް-19 އަށް ޝައްކުކުރެވިގެން ރާއްޖޭގައި މިހާތަނަށް 110 މީހަކު ކޯވިޑް-19 ޓެސްޓްކޮށްފައިވެއެވެ. މީގެ ތެރެއިން 92 ސާމްޕަލެއް ބައްޔަށް ނެގެޓިވްވެފައިވާއިރު، 18 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށް ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.