ޚަބަރު

މުހިންމު މަސައްކަތެއް ކުރާތީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ކަރަންޓު ކެނޑޭނެ - ސްޓެލްކޯ


މިއަދު މެންދުރު ފަހު 14:00 އާއި 15:00 އާ ދެމެދު ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ބުނެފިއެވެ.

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވަނީ، އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމައްޓަކައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ދޭން ފެށުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ގްރޭޓަރ މާލެ ކަރަންޓުގެ ނިޒާމު ވަރުގަދަކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ، ހުޅުލެ އަދި ހުޅުމާލެ އެއްވިއުގައަކުން ގުޅާލާ ޕްރޮޖްކްޓުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.