ޚަބަރު

ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން މީހަކު ފުލުހުން ހައްޔަރުކޮށްފި


ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 6:30 ހާއިރު ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން އިން 19 އަހަރުގެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިންގޮތުގައި މަހާނަ ކޮންނަން އިން ޒުވާނަކީ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ މީހެއްކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އޭނާ މަހާނަ ކޮންނަން އިންދާ ޢާއްމުންގެ ބައެއް މީހުންނަށްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.