ޚަބަރު

މިއަދު ޤައުމަށް ބޭނުން ވަނީ ތަކެތި އީޖާދު ކުރާ މީހުން : މިނިސްޓަރ އަމީރު


ޤައުމަށް ބޭނުންވަނީ ތަކެތި އީޖާދު ކުރާ މީހުން ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، 2018 ވަނަ އަހަރު ޝަރަފުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހާރު ރާއްޖޭގެ އެންމެ ބޮޑަށް ވިއްކަނީ ގޮނޑުދޮށްތަކާއި، ކަނޑުން ބާނާ މަސް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ޤުދުރަތީ މިމުއްސަނދިކަން ޤައުމުގެ އެންމެ މަތީ ހަރުފަތައް ވާޞިލު ވެފައިވާއިރު މިކަމާމެދު ވިސްނައި ހައްލު ހޯދަން ޖެހޭ ކަންކަމުގައި ޙައްލުހޯދުން ވަރަށް މުހިއްމުކަންވެސް ފާހަގަ ކުރެއްވިއެވެ. މިނސްޓަރ އަމީރު ވިދާޅުވި ގޮތުގައި ޑިޖިޓަލް ޒަމާނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފަސޭހަ އަދި ހަލުއިސްޕީޑްގައި ކުރެވޭނެ މަގުވަނީ ތަނަވަސްވެފައެވެ

ވޭތުވެ ދިޔަ އަހަރު އެސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އިބްރާހީމް ލޫޠު ނަޒީރުއެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގެ 5 ވަނައިގައިވެސް އެނާ ހިމެނިފައި ވެއެވެ. އަދި ޝަރަފުއްދީން ސްކޫލުގެ އެންމެ ގަދަ ފަސްވަނަ ހޮވާފައިވާއިރު މީގެތެރެއިން އެއްވަނަ ދަރަޖައިގައި ވެސް އޭނާ ހިމެނިފައި ވެއެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކީ 10 ބީގެ ދަރިވަރު މުހައްމަދު ނިޝްވާން ބަޝީރުއެވެ. އެންމެ މޮޅު 3 ވަނަ ދަރިވަރަކަށް ހޮވިފައި ވަނީ އިސްރާ މުހައްމަދު ނައީމްއެވެ.

ޝަރަފުއްދީން ސްކޫލުގެ 12 ދަރިވަރުން ވަނީ މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގެ ގަދަ 10 އެއްގައި ހިމެނިފައެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގެ ފަންސާސް އިންސައްތަ ދަރިވަރުން ވަނީ 5 މާއްދާއިން ފާސްވެފައެވެ. ޝަރަފުއްދީން ސްކޫލަކީ ގްރޭޑް އެކަކުން ް ފެށިގެން 10 އަކަށް ކިޔަވައިދޭ ސްކޫލެކެވެ.

މިނިސްޓަރ އޮފް ފިނޭން އިބްރާހީމް އަމީރު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮއްދެއްވި އިރު، މިނިސްޓަރ އަމީރު އަކީ އެސްކޫލު، ސަދަން ސެކަންޑަރީ ސްކޫލުގެ ގޮތުގައި ހިންގަމުން އައި އިރު 1999 ވަނަ އަހަރު ސްކޫލު ކެޕްޓަންގެ މަޤާމު ފުރުއްވާފައިވާ ފައެވެ.