ޚަބަރު

ކުޅުދުއްފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހދ. ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބައެއްތަކެއްޗަށް ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވިގޮތުގައި މިހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީގައި ހުންނަ “ކަކާ” ނަމަކަށް ކިޔާ ގެއެއްގައެވެ.

އެ ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 4:16 ގައި ކަމަށާއި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 4.40 ގައި ކަމަށް އެމައެނޑީއެފުނ ބުނޭ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެގޭގެ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެގޮތުން ކަޅުހަމަކާއި ސައިކަލެއް އަދި ރަށުޕިކަޕަކަށްވެސް ގެއްލުން ލިބިފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.