ޚަބަރު

އިސްރަށްވެހިންނަށް ޚާއްޞަ ހަވީރެއް ކުޅުދުއްފުށީގައި ބާއްވައިފި


ކުޅުދުއްފުށީގައި އިސް ރައްވެހިންނަށް ޚާއްޞަ ހަވީރެއް ބާއްވައިފިއެވެ. ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެން މިހަވީރު ބޭއްވީ މިއަދު ހަވީރު އެވެ.

މިއީ ރެޑްކްރެސެންޓު ހދ ގޮފިން އިސްނަގައިގެން ބޭއްވި ހަރަކާތެކެވެ. ބައިނަލްއަގުވާމީ އިސް ރަށްވެހިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި މި ހަރަކާތް އޮތީ ހަވީރު 16:00 ން 17:30 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

މި ހަވީރުގައި އެކި ސްޓޯލްތައް ބެހެއްޓިފައިވާއިރު ދިވެހި ރެޑްކްރެސެންޓުން ކުރާ މައިގަނޑު މަސައްކަތްތަކާބެހޭ ސްޓޯލުތައް ވެސް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށާއި ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް އެސެސްމެންޓުގެ އިންތިޒާމާއި ޕޮލިހާއި ހދ އަތޮޅު ހެލްތު ސަރވިސަސް އަދި ހދ ފެމިލީ އެންޑް ޗިލްޑްރަމް ސާރވިސްގެ ސްޓޯލްތައް ވެސް މި ހަވީރުގައި ހިމެނެއެވެ.