ޚަބަރު

ބޭރުގެ ޤައުމުތަކުގައި ބާއްވާ އިވެޓްތަކަށް ދެވޭނީ ދައުވަތުދޭ ފަރާތުން ދަތުރުގެ ޙަރަދު ދިނުމުން - ރައީސް ނަޝީދު


ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ބާއްވާ ހަފްލާތަކާއި، އިވެންޓްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގަންނަވާނީ އެކަމެއް ބާއްވާ ފަރާތުން ދަތުރުގެ ޙަރަދު ދެއްވުމުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

އިންޑިޔާގައި އޮންނަ ދެ އިވެންޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިވެންޓް ބާއްވާ ފަރާތުން ދަތުރުގެ ޙަރަދު ދެއްވުމުންކަމަށެވެ.

މަޖިލީހުގެ ރައީސް އިންޑިއާގެ ދިއްލީއާއި، ބޮމްބޭއަށް ކުރައްވާ ދަތުރުފުޅަކީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ތަޤުރީރު ކުރެއްވުމަށާއި، އެޑެކްސް ޑައިވް ފެއާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވަނީ މިގޮތަށް ލިބޭ ދަތުރުތަކަށް މަޖިލީހުން ބަޖެޓް ހަމަޖެއްސެން ނޯންނާތީ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މެމްބަރުންވެސް މިކަމުގައި ޙާއްސަ ސަމާލުކަމެއް ދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.