ޚަބަރު

ކުޅުދުއްފުށީ އެއަރޕޯރޓްގެ ވަޒީފާތަކަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކުރުން މިމަހުގެ 29ގައި އޮންނާނެ.


ކުޅުދުއްފުށީ އެއަރޕޯރޓަށް 25 މުއައްޒަފުން ނެގުމަށް އިއުލާން ކުރުމުން 400 މީހުން ވަޒީފާ އަށް އެދިއްޖެއެވެ. ރީޖަނަލް އެއަރޕޯރޓްސް އިން މަޢުލޫމާތު ދެއްވިގޮތުގައި މިމަހުގެ 29 ވަނަދުވަހު އެފަރާތްތަކާއި އިންޓަވިއުކުރުން އޮންނާނެއެވެ.

ރީޖަނަލް އެއަރޕޯރޓްސްގެ އޮފިޝަލަކު ވިދާޅުވީ އިންޓަރވިއު ކުރާނީ ކުޅުދުއްފުށީ އެއާޕޯޓް ވަޒީފާއަށް ކުރިމަތިލީ ފަރާތް ތަކުގެތެރޭން ޝޯރޓްލިސްޓް ކުރެވުނު ފަރާތްތަކާ އެކަނި ކަމުގައެެވެ.
އަދި އެވަޒީފާތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކާ އިންޓަވިއު ކުރާނެ ކަމަށް ވެސް އޭނާ ވިދާލުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ 13 ދާއިރާ އަކަށް 25 މީހުން ހޯދަން އިޢުލާންކޮށްފައި ވާއިރު ބައެއް ވަޒީފާތަކަށް ގިނަ މީހުން ވަނީ ކުރިމަތިލާފަ އެވެ.

މިއޮގަސްޓް މަހުގެ 9ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ އެއަރޕޯރޓްގެ ޝެޑިއުލް ދަތުރުތަށް ވަނީ ފަށާފައެވެ.