އަތޮޅުތައް

މިލަދޫން ޤްރުއާން މުބާރާތައް ހޮވުނު ފަރާތްތަކަށް ބަރުހަބާކިޔައިފި


އެންމެ އަލިގަދަ ތަރި ޤުރުޢާން މުބާރާތަށް ހޮވުނުފަރާތަށާއި، ށ. މިލަންދޫ ސްކޫލުން މިއަހަރު ޤައުމީ ޤްރުޢާން މުބާރާތުގައި ބައިވެރިވާ ކުދިންނަށް މަރުހަބާ ދެންނެވުމުގެ ޙާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.މިލަންދޫ ކައުންސިލްގެ އިދާރާއިން ރޭ ބޭއްވި މިބައްދަލުވުމަކީ އެފަރާތް ތަކަށް މަރުހަބާ ކިޔުމާއި ހިތްވަރު ދިނުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.ޓިވީއެމް އިން ބާއްވާ އެންމެ އަލިގަދަ ތަރިއަށް މިލަންދޫ ހޮވިފައިވަނީ އެރަށު ސްކޫލުގެ ޤްރުއާން ޓީޗަރ އެރަށު ކިނަރާގޭ އަޙްމަދު ފިރާޤެވެ.ޤައުމީ ޤްރުއާން މުބާރާތުގައި މިލަންދޫ ސްކޫލްގެ 12 ދަރިވަރަކު މިފަރަހަރު ބައިވެރިވެފައިވެއެވެ.