އަތޮޅުތައް

ގަމުގެ އެގްރިކަލްޗަރ ސެންޓަރ އަމިއްލަ ފަރާތަކާ ހަވާލުކޮށްފި


ސަރުކާރުގެ ފަރާތުން ލ.ގަމުގައި ގާއިމްކުރި އެގްރިކަލްޗަރ ސެންޓަރ އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ގަމުގައި ގާއިމްކުރި އެގްރިކަލްޗަރ ސެންޓަރު ހިންގާނެ ފަރާތެއް ކަނޑައަޅާފައިވަނީ އިޖާބަ ދިންފަރާތްތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި މިކަންފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތަށްކަމަށެވެ. އެގޮތުން ސެންޓަރު ހިންގުން ހަވާލުކޮށްފައިވަނީ ގ.ގަލޮޅުފެހި އަބްދުﷲމުހައްމަދާއި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.މިނިސްޓްރީން ބުނީ ލ.ގަމުގެ ކުރުހިންނަ ސަރަހައްދުން ތިރީހަކަށްހެކްޓަރުގެ މިބިމުގައި މިޒަމާނާ ގުޅޭގޮތަށް ދަނޑުބިން އެޅުމާއި ފަހުގެޓެކްނޮލޮޖީ ބޭނުންކޮށްގެން ގަސް ހެއްދުމުގެ އިތުރުން ޓްރެއިންނިން ދޭނެ ކްލާސްރޫމާއި ނަމޫނާ ދަނޑުތައް އަދި ރިސާޗް މަސައްކަތްތައް ހިންގޭނެކަމަށެވެ. އަދި ކޮންޓްރެކްޓް ފާމިންގެ އުސޫލުން ދަނޑުބިންތައް ގަމުގެދަނޑުވެރީންނަށް ދޫކުރެވޭނެ ކަމަށާއިދަނޑުވެރީންނަށް ފަސޭހައިން ލިބޭގޮތަށް ދަނޑުވެރިކަމުގައި ބޭނުންކުރެވޭނެއާލާތްތަކާއި ގަސްކާނާއާއި ބޭސްފަދަ ތަކެތި ލިބޭނެ އިންތިޒާމްވެސް ހަމަ ޖެހޭނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.އެ މިނިސްޓްރީން ވަނީ މި ސެންޓަރުގެ އަމަލީ މަސައްކަތްތައް އަންނަ ޖޫންމަހުގެ ކުރީކޮޅު ފެށުމަށްފަހު، ދެހާސް ސަތާރަވަނަ އަހަރު ޓްރެއިނިން ޕްރޮގްރާމްތަކާއި ރިސާޗްމަސައްކަތްތައް ފެށުމަށް ނިންމާފައެވެ.