ޚަބަރު

ގޯލްޑަން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ޕްރެކްޓިސް ފަށައިފި


ކުރިއަށްއޮތް އޯގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާ ގޯލްޑަން ޖުބިލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ސްކޫލުން ފަރިތަކުރުންތަށް ފަށައިފިއެވެ.

ޖުމުލަ 19 ކުޅުންތެރިންނާއެކު ފެށި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު މަންސޫރުގެ ބެލުމުގެ ދަށުންނެވެ.

އިހަވަންދޫ ސްކޫލު ޓީމްގެ މެނޭޖަރ (ލީޑިން ޓީޗަރ ޙާމިދު މޫސާ) ވިދާޅުވީ، ޓީމްގެ ހެޑު ކޯޗް ފަޔާޒު މިވަގުތު ހުންނެވީ ރަށުން ބޭރުގަ ކަމަށާއި މިހަފުތާ ތެރޭގައި ކޯޗް ޓީމާ ގުޅޭނެކަމަށެވެ.

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަތޮޅުގެ ބައެއް ސްކޫލުތަކަށް ދަޢުވަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި އިހަވަންދޫ ސްކޫލު ތަމްސީލުކުރާނެ ކުޅުންތެރިން ހޮވާފައިވަނީ ހައުސްތަކުގެ މެދުގައި ބޭއްވުނު ކޮލިފިކޭޝަން މުބާރާތުންނެވެ. 19 ކުޅުންތެރިންނާއެކު ފަރިތަކުރުން ފެށިނަމަވެސް މުބާރާތުގައި ވާދަކުރާ ޓީމުގެ ސްކޮޑުގައި ހިމެނޭނީ 15 ކުޅުންތެރިންނެވެ.