ވިޔަފާރި

މަޓާޓޯ އިން ޑިޖިޓަލް މާކެޓިންގ ޓްރެއިނިންގ ޕްރޮގުރާމްތަކެއް ފަށައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ޑިޖިޓަލް މާކެޓިންގ ޓްރެއިނިންގ ޕްރޮގުރާމްތަކެއް ފަށައިފިއެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގުރާމެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމުތައް ކުރިއަށްގެންދަނީ "ސޯޝަލް މީޑިއާ މާކެޓިންގ އެންޑް އޮންލައިން ބްރޭންޑިން" ކުރިއަރުވާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

މި ޓްރެއިނިންގ ޕްރޮގުރާމްތަކުގެ ފުރަތަމަ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައެވެ. މަޓާޓޯއިން މި ޓްރެއިނިންގ ޕްރޮގުރާމްތައް ކުރިއަށްގެންދަނީ ސްރީލަންކާގެ މެކިއުރެންސް އެންޑް ޖޯންސް އާއި ގުޅިގެންނެވެ.

މި ޕްރޮގުރާމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރިސޯޓް، ގެސްޓްހައުސް އަދި ޓްރެވަލް އެޖެންސީތައް ހިމެނެއެވެ.

މި ޓްރެއިނިންގ ޕްރޮގުރާމްގެ 2 ވަނަ ސެޝަން ބާއްވާފައިވަނީ ކަސްޓަމަރުންގެ ޝަކުވާތައް ބަލައިގަންނާނެގޮތުގެ މައްޗަށެވެ.
މަޓާޓޯއިން ބާއްވާ މި ޓްރެއިނިންގ ޕްރޮގުރާމްތަކުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމާއި، ދާއިރާގެ މީހުންނަށް އިތުރު ތަޖްރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.