ކުޅިވަރު

އެފްސީ ދަޑުކޮޑިއަންސް ބަލިކޮށް މަސެއްރާ ފައިނަލަށް


ތިނަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ ދަނޑުކޮޑިއަންސް ބަލިކޮށް މަސެއްރާ ޓީމު، މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗު މަސެއްރާ ކާމިޔާބު ކުރީ 7 ލަނޑު 5 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލީޑު ނެގީ އެފްސީ ދަނޑުކޮޑިއަންސްއެވެ. އެ ޓީމަށް ލީޑު ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޒަޔާން މުހާޒެވެ. ފުރަތަމަ ހާފުގައި އެފްސީ ދަނޑުކޮޑިއަންސް ޓީމުން ތިން ލަނޑު ޖެހި އިރު މަސެއްރާ އަށް ޖެހުނީ އެއް ލަނޑެވެ. އެއީ މަސެއްރާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ އަލީ ހައިޝަމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނިގެންދިޔަ ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖެހީ އެފްސީ ދަނޑުކޮޑިއަންސްގެ އިބްރާހިމް އިސްމާއިލެވެ. އެލަނޑަށްފަހު މަސެއްރާއިން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި އިތުރު ހަ ލަނޑު ޖަހައިގެންނެވެ. ދެ ވަނަ ހާފުގައި އެފްސީ ދަނޑުކޮޑިއަންސް އަށް ޖެހުނީ ޖުމްލަ ދެ ލަނޑެވެ.

މެޗުގެ ކުޅުމަށްފަހު. މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަސެއްރާ ޓީމުގެ ކޯޗު، އާޒިމް ހުސައިން ވިދާޅުވީ ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މެޗުން މޮޅުވެ ފައިނަލުން ޖާގަ ލިބުނީ ކުޅުންތެރިންގެ ހުނަރާއި ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

ތިނަދޫ ކައުންސިލުގެ ސްޕޮންސަރޝިޕުގެ ދަށުން ހުވަދޫ ރެކްރިއޭޝަންސްއާއި ތިނަދޫ ޒުވާނުންގެ މަރުކަޒު ގުޅިގެން ބާއްވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގައިއެވެ.