ކުޅިވަރު

ބީބީއެފްސީ އިން ޑެސްޕަރާޑޯގެ މައްޗަށް ކުރި ހޯދައިފި


ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ބީބީއެފްސީ އިން ޑެސްޕަރާޑޯގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިމެޗް ބީބީއެފްސީ ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ޑެސްޕަރާޑޯ ޓީމުގެ ޒިލާލް މުހައްމަދު ނަސީމްއެވެ.
ދެވަނަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ބީބީއެފްސީއިން ކުރި ހޯދީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. ބީބީއެފްސީގެ ފުރަތަމަ ލަނޑު ޖެހީ ހުޒައިފް އަހުމަދުއެވެ. ދެވަނަ ލަނޑު ޝިމްހާޒް ހަސަންއެވެ. އަދި ބީބީއެފްސީގެ ފަހު ލަނޑު އެޓީމްއަށް ޖަހައިދިނީ މުބުތަހުސިން ބިލާލްއެވެ. މެޗާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީބީއެފްސީ ގެ މެނޭޖަރ، މުޖުތަބާ މޫސާ ބުނީ މިމެޗަށް ބީބީއެފްސީ ނުކުތީ ސީދާ 3 ޕޮއިންޓްއަށްކަމަށެވެ. އަދި ފުރަތަމަ ހާފުގައި ބޮޑަށް މަސައްކަތްކުރީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓަން ކަމަށާއި، ދެވަނަ ހާފުގައި ޓީމުން މަސައްކަތް ކުރީ އެޓޭކުކޮށް ލަނޑު ޖަހަން ކަމަށް މެނޭޖަރ، މުޖުތަބާ މޫސާ ބުނެފިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ބައިކޮޅަށް ގޯލެއް ނުވައްދަން ވެގެން ފުރަތަމަ ހާފުގަ މި ބެލީ. އެގޮތަށް ކުޅެމުން ގޮއްސަ ފަހު ހާފުގަ ކޮންމެހެންވެސް މޮޅުވާން މަޖުބޫރު ވެގެން އެޓޭކް ހަދަން މަޖުބޫރުވީ. ކުޅުންތެރިންނާ ދޭތެރޭ ވަރަށް އިތުބާރު އެބައޮތް،" މުޖުތަބާ ވިދާޅުވިއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ބީބީއެފްސީއަށް ފުރަތަމަ ލަނޑު ޖަހައިދިން ހުޒައިފް އަހުމަދުއެވެ.