ޚަބަރު

މޮޅަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަނީ


ހއ.މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ޑިޒައިން އެންޑ ބިލްޑް އުސޫލުގެ ދަށުން މޮޅަދޫ ބަނދަރު ހެދުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގް އުސޫލުގެ ދަށުންނެވެ. ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާނުކޮށްފައިވާއިރު، ސަރުކާރުގެ މި އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓެމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން މޮޅަދޫގައި ބަނދަރެއް ހެދނުމަށް ވަނީ ބަޖެޓްކޮށްފައި. އެގޮތުން މިކަމަށް 13 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ.