ޚަބަރު

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަނީ، ގުލްޒާރުގެ / ލ.މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ)

މާލެން 25 އަހަރުގެ ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، ގުލްޒާރުގެ / ލ.މުންޑޫ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވަމުންދާކަމަށެވެ.

މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން ދަނީ މާލޭގަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.