 
										
			ވޯޓަރ މެލަން ސްމޫތީ 
ކޮންމެ ރޯދަމަހަކުވެސް ދިވެހިންނަށް ކަމުދާ އެއް މޭވާއަކީ  ކަރައެވެ. ރޯދަ ވީއްލާ ސުފުރާމަތިން ކަރާ ފަނި ފެންނަން ނުހުންނަ ގެއެއް މަދުވާނެއެވެ. ކޮންމެ ދުވަހަކު ކަރާ ފަނި ހެދުމުގެ ބަދަލުގައި މި  އޮތީ ކަރާ ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ މީރު ބުއިމެކެވެ. ކަރާ ބޭނުންކޮށްގެން ތައްޔާރުކުރާ މި ސްމޫތީއަކީ ހަށިގަނޑުގައި ބުންވަރު ޖައްސައިދޭ އަދި އެހާމެ މީރު ބުއިމެކެވެ. ރޯދަ ވީއްލާ ގަޑިއަށް މިއީ ތައްޔާރުކޮށްލަން ފަސޭހަ އަދި ހަށިގަޑަށްވެސް ރަގަނޅު ބުއިމެކެވެ.
 
		
			
1 1/2 ޖޯޑު ކަރާ
1 ދޮންކެޔޮ (ކުދިކޮށްކޮށާ ގަނޑުކޮށްފައި)
1 އާފަލު (ތޮށިމަށާ ކުދިކޮށް ކޮށާފައި)
3/4 ގްރީކް ގޯޔަޓް
މާމުއި
		
			 
މިކްސަރަށް ނުވަތަ ފުޑް ޕްރޮސެސަރއެއްގައި ކަރާކޮޅު އަރާ ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ދޮންކޭލާ އާފަލުކޮޅާއި ޔޯގަޓް އަދި މާމުއި އަޅާލައި ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. ވޯޓަރ މެލަން ސްމޫތީ މިހާރު ތިހިރީ ތައްޔާރުވެފައެވެ. އެކަމަކު ބޭނުންކޮށްލަން އެންމެ މީރުވާނީ އައިސްއަލާމާރީގައި ބަހައްޓާ  ފިނިކޮށްލައިގެންނެވެ.
ނޯޓް: މިރެސިޕީގައި ތަކެތި ހިމަނާފައިވާނީ  ދެމީހުންނަށް ފުދޭ ވަރަށެވެ.