ތަރައްްޤީ

ދ. ރިނބުދޫ ބަނދަރު ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި


ޑިޒައިން އެންޑް ބިލްޑް އުސޫލުން ދ.ރިނބުދޫގައި ބަނދަރެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ)ގެ އުޞޫލުގެ މަތިންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރިނބުދޫ ބަނދަރުގެ މަޝްރޫޢަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. ރިނބުދޫގެ އިތުރުން، ނ.ހެނބަދޫ ބަނދަރުގެ މަސައްކަތްވެސް ޑިޒައިން އެންޑް ބިލްޑް އުޞޫލުންކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ އިޢުލާންކޮށްފައެވެ.