ތަރައްްޤީ

20 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްގެންދަން ނިންމައިފި


އޮފިޑް ފަންޑުގެ އެހީގައި 20 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްގެންދަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނުގެ ނިޒާމާއި ނަރުދަމާގެ އިތުރުން ބަނދަރު ހެދުމަށް ވަނީ ނިންމާފައެވެ. އޯފިޑް ފަންޑުގެ އެހީގައި 7 ރަށެއްގައި ފެނުގެ ނިޒާމާއި 8 ރަށެއްގައި ނަރުދަމާ ނިޒާމު އަދި ފަސް ރަށެއްގައި ބަނދަރު ހެދުމަށްވަނީ ހަމަޖެހިފައެވެ.

  • ފެނުގެ ނިޒާމް ގާއިމް ކުރަން ހަމަޖެހިފައިވާ ރަށްތައް:
  • * ހދ. މަކުނުދޫ
  • * ހދ. ނެއްލައިދޫ
  • * ހދ. ނޭކުރެންދޫ
  • * ށ. ފޭދޫ
  • * ބ. ކެންދޫ
  • * ގދ. ފިޔޯރި
  • * ގދ. ވާދޫ
  • ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރަށްތައް
  • * ހދ. މަކުނުދޫ
  • * ހދ. ނެއްލައިދޫ
  • * ށ. ފޭދޫ
  • * ބ. ދަރަވަންދޫ
  • * ބ. ކެންދޫ
  • * ގދ. ފިޔޯރި
  • * ގދ. ވާދޫ
  • * ހދ. ނޭކުރެންދޫ
  • ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ރަށްތަށް
  • * ބ. ދޮންފަނު
  • * ބ. ކިހާދޫ
  • * ގއ. ކޮލަމާފުށި
  • * ބ. ކުޑަރިކިލު
  • * ގދ. ހޯޑެއްދޫ

މިއީ ޖުމުލަ 14.52 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެކެވެ. މި މަޝްރޫއުގެ އެޕްރެއިސަލް މިޝަން މިއަހަރުގެ ޖެނުއަރީ މަހުގައި ނިމިފައިވާކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ރަށްރަށުގެ މަސައްކަތް ފެށުމަށްޓަކައި ބިޑްކުރުމުގެ މަރުހަލާ މި އަހަރުގެ މެދު ތެރޭގައި ކުރިއަށް ގެންދިިއުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.