ތަރައްްޤީ

ރީތިރަށުން 2000ރުއް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހަދިޔާކޮށްފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންދުމަށް ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން 2000 ރުއް ހަދިޔާކޮށްފިއެވެ. މި ރުއްތަކުގެ ތެރެއިން ބައެއް ރުއްތަށް މިއަދު ވަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގައި އިންދާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް ރަސްމިއްޔާތުގައި މި ރުއްތަށް އިންދުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދާއި ރީތިރަށުގެ ޖެނެރަލް މެނޭޖަރ ޖެން ޓިބަލްޑި ބައިވެރިވެވަޑައިގެންނެވިއެވެ.

މިހަރަކާތަކީ ހުޅުމާލެ ފެހިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ދެވަނަ ހަރަކާތެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ހުޅުމާލޭގައި "ރަށްފެހި" ޕްރޮގްރާމްގެ ނަމުގައި ހަރަކާތެއް ފައްޓަވާދެއްވާފައެވެ.

ހުޅުމާލެ ތަރައްޤީކުރަމުންދަނީ މޫސުމީ ގޮތުން ދިމާވެދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށެވެ. އެޗްޑީސީން ވިދާޅުވީ ރުއް އިންދުމުގެ ޙަރަކާތަކީ ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމަށް ކުރިއަށްގެންދެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. ހުޅުމާލޭގައި ފެހިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު މުޅި ރާއްޖެ ފެހިކުރުމުގެ ގޮތުންވެސް ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.