ތަރައްްޤީ

ހުޅުމާލެއިން ކަރަންޓް ކެނޑެނީ އައު ޖަނެރޭޓަރުތައް ޓެސްޓްކުރާތީ- ސްޓެލްކޯ


ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑެމުންދަނީ ފިފްތް ޕަވަރ ޕްރޮޖެކްޓުގެ ދަށުން ބެހައްޓާ ޖަނަރޭޓަރުތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި އަލަށް ޤާއިމްކުރަމުންދާ ފިފްތް ޕަވަރ ޕްރޮޖެކްޓުގެ ދަށުން ބެހައްޓާ ޖަނަރޭޓަރުތައް ކަމިޝަންކުރުމާއި، ރިލައިބިލިޓީ ޓެސްޓްތައް މިހާރު ކުރަމުންދާކަމަށާއި މި މަސައްކަތް ކުރަމުންދާއިރު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ނަމަވެސް މި މަސައްކަތް ކުރަމުންދާއިރު ޚިދުމަތް މެދުކެނޑުނަ ނުދީ މިމަސައްކަތް ނިންމުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ ކަރަންޓުގެ މައްސަލައަށް ހައްލެއްލިބިގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުންދަނީ "ފިފްތް ޕަވަރ ޕްރޮޖެކްޓް" ގެ ދަށުން މި މަހުގެ ތެރޭގައި ހުޅުމާލެއަށް ކަރަންޓް ދޭން ފެށުމަށެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު، ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން އެއްފަހަރާ 8.9 މެގަވޮޓުގެ ކަރަންޓް އުފައްދާ 6 ޖަނެރޭޓަރު ވަނީ ބަހައްޓާފައެވެ.

ފިފްތް ޕަވަރ ޕްރޮޖެކްޓަކީ 79 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން 50 މެގަވޮޓްގެ ކަރަންޓް އުފައްދާ އިންޖީނުގެއަކާއެކު ތެޔޮ ރައްކާކުރާ ނިޒާމަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.