ޚަބަރު

މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިން ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ.މަޑަވެލީގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަޑަވެލީގައި އިމާރާތްކޮށްފައިވަނީ ތިން ކޮޓަރީގެ 22 ހައުސިން ޔުނިޓް. އެ ހައުސިން ޔުނިޓްތަކަކީ ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ދޫކުރާ ހައުސިން ޔުނިޓްތަކެކެވެ. އެގޮތުން ގެތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި 19000 ރުފިޔާ ސަރުކާރަށް ދައްކަންޖެހޭއިރު 20 އަހަރު ދުވަހުން ފައިސާދައްކައި ހަލާސްކުރާ އުޞޫލުން މަހަކު 2500 ދައްކަން ޖެހެއެވެ.

އެ ގެތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން އެޗްޑީއެފްސީގެ "ބައިޢު ބިލް ތަޤްޞިދު" އެއްބަސްވުމުގެ ދަށުން އެގެތަށް ރަހުނު ކުރާނެކަމަށް އެ ރަށު ކައުންސިލް ބުނެއެވެ.

ގދ.މަޑެވެލި ކައުންސިލުން ވަނީ އެ ހައުސިން ޔުނިޓުތަކަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ޝަރުތައްވެސް ހާމަކޮށްފައެވެ. ގދ. މަޑަވެލީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ.