ވިޔަފާރި

ސީއެންއެންއިން އެކުލަވާލި އޭޝިޔާގެ އެންމެ ހިތްގައިމު ރިސޯޓުގެ ލިސްޓުގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް


ސީއެންއެންއިން އިއުލާނުކުރުމަށް ހަމަޖެހިފައިވާ އޭޝިޔާގެ އެންމެ ހިތްގައިމު ރިސޯޓުގެ ލިސްޓުގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ހިމެނިއްޖެއެވެ.

އެމެރިކާގެ ޗެނަލް ނިއުސް ނެޓްވޯކް، ސީއެންއެންއިން އެކުލަވާލާފައިވާ އޭޝިޔާގެ އެންމެ ހިތްގައިމު، ލިސްޓުގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްއާއި އެކު 14 ރިސޯޓެއް ހިމެނެއެވެ. މީގެތެރޭގައި ސިންގަޕޫރު، ތައިލެންޑް އަދި އިންޑިއާގެ ރިސޯޓު ހިމެނެއެވެ. މިލިސްޓުގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ހިމެނިފައިވަނީ 5 ވަނަގައެވެ.

މާލެ އަތޮޅު އިތާފުށީގައި ޤާއިމްކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްއަކީ ދުނިޔޭގެ ނަން މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން އެސްޓޯރިއާގެ ރިސޯޓެއް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފަހަރެވެ.
މި ރިސޯޓު ތަރައްޤީކޮށް ނިމިފައިވާއިރު، ރަސްމީކޮށް ހުޅުވާނެ ތަރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
ވަކިވަކިން އޮތް ތިން ކުޑަ ރަށް ހިއްކައިގެން އެކޮށް ތަރައްޤީކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ރިސޯޓުގައި 140 ވިލާ އަދި 10 ރެސްޓޯރެންޓު ކެފޭ ހުރެއެވެ.