ކުޅިވަރު

ފޯރިގަދަ ފައިނަލް މެޗުތަކަކަށް ފަހު އިންޓަހައުސް ފުޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތް ނިމާލައިފި


ޤްރޭޑް 7 ކުންމަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހއ.އަތޮޅު ތައުލީމަރުކަޒުން ކުރިޔަށް ގެންދިޔަ އިންޓަހައުސް ފުޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތް ނިންމާލާފި.
ދެއުމުރު ފުރާއަކަށް ބަހާލައިގެން 4 ހައުސްގެ ދެމެދުގަ ކުރިޔަށް ގެންދިޔަ ނެޓްބޯޅަ މުބާރާތުގެ 14އަހަރުން ދަށުގެ ފައިނަލްގަ ޔާގޫތު އަދި ފެންފިއާޒް ވާދަކޮށް ޗެންޕިއަންކަން ޔާގޫތު ހޯދާފައި ވާއިރު 14 އަހަރުން މަތީގެ ފައިނަލްގައި ޔާގޫތު އަދި ފީރޯޒް ވާދަކޮށް 17 ޕޮއިންޓް 7 ޕޮއިންޓުގެ ނަތީޖާއަކުން ޔާގޫތުވަނީ ފީރޯޒް މަޗަށް ކުރި ހޯދާ ޗެންޕިއަންކަން ވަނީ ހޯދާފަ. މި މުބަރާތުގައި 14އަހަރުން މަތީގެ ނެޓްބޯޅައިން ގާޔޫތު ޓީމް ފައިނަލާ ހަމަޔަށް އައިސްފައިވަނީ ވަނީ އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ .
ދެއުމުރު ފުރާއަކަށް ބަހާލަގެން 4 ހައުސްގެ ދެމެދުގަ ކުރިޔަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެންޕިއަންކަން އަލިމަސްއާ ބައްދަލުކޮށް ފެންފިއާޒް ހޯދާފައި ވާއިރު ،14 އަހަރުން މަތީގެ ޗެންޕިއަންކަން ފީރޯޒް ހައުސް ހޯދާފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު 4،4 ކުން އެއްވަރު ވުމުން ނަތީޖާ ނެރެން ޖެހި ޕެނަލް ޓީން 5،7 ނަތީޖާއަކުން ފީރޯޒް ކުރިހޯދާގެން.
ގްރޭޑް 7 ކުންމަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހއ.އަތޮޅު ތައުލީމަރުކަޒުން ކުރިޔަށް ގެންދާ މިމުބަރާތަކީ މެދުކެޑުމެތް ނެތި ކޮންމެ އަހަރަކުވެސް ސުކޫލުން ކުރިޔަށް ގެންދާ މުބާރާތެއްކަމަށް އެސްކޫލުން މައުލޫމާތު ދިން. މިމުބާރާތުގެ މަޤުސަދަކީ ސުކޫލް ދަރިވަރުންގެ ހިތްތަކުގަ ކުޅިވަރު ރޫހުއާލާކޮށް އަދި ދަރިވަރުންނަށް ދުޅަހެޔޮސިއްޙަތެއްގައި ހުރުމަށް ޓަކައި އަޅާދޭ ބިންގަލެއްކަމަށް އެސުކޫލުން ބުނޭ.