ޚަބަރު

ތިނަދޫ ރައްޔިތުންނަށް ސެލްފް ޑިފެންސް ޕްރޮގްރާމްތަކެއް ހިންގައިފި


މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި ސެލްފް ޑިފެންސް ޕްރޮގްރާމްތަކެއް ބާއްވައިފިއެވެ.

ތިނަދޫގައި ކުރިއަށްގެންދިޔަ ސެލްފް ޑިފެންސް ޕްރޮގްރާމްތަކުގައި އެރަށުގެ ޒުވާނުންނާއި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެކި ހާލަތްތަކުގައި ނަފްސަށް ނުރައްކާވެދާނެ ފަދަ ކަންކަމުން ސަލާމަތްވާނެ އުކުޅުތަކާއި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ އެންމެ އަސާސީ އުކުޅުތަކާއި ހަމަތައް އެ ސެޝަންތަކުގައި ވަނީ ދަސްކޮށްދީފައެވެ.

ތިނަދޫގެ މެޓު ދަނޑުގައި 1 ހަފްތާގެ މުއްދަތަށް އެކި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކުގައި ތަމްރީނު ދީފައިވަނީ ޕޮލިސް އެކެޑަމީގެ ތަމްރީނު ލިބިފައިތިބި ތަޖުރިބާކާރު ފުލުހުންނެވެ.