ކުޅިވަރު

ބ.އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފުޓްބޯޅަ "ސީ" ލައިސަން ކޯސްނިމިއްޖެ.


ބ.އަތޮޅައް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުޓްބޯޅަ ސީ ލައިސަންސް ކޯޗިން ކޭމްޕް ނިމިއްޖެއެވެ.

މިމަހުގެ 4 ން 16 އަށް ކުރިއަށްގެންދިޔަ މި ކޯޗިން ކޭމްޕްގައި 22 ފަރާތުން ބައިވެރިވެ، 14 ފަރާތަކުންވަނީ މި ކޯސްފުރިހަމަކޮށްފައެވެ. ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ނިންމާފައިވަނީ ދެހަފްތާފަހުންކަމަށާ، އެއީ މި ބައިވެރިން ހެދި ޓެސްޓްތައް އިވެލުއޭޓް ކުރުމަށް ފަހުގައި ކަމަށް އެފްއޭއެމުން ހާމަކުރިއެވެ. މިކޯހުގައި ކިޔަވައިދީފައިވަނީ އޭއެފްސީ ގަބޫލްކުރާ މިންގަޑަށެވެ. މިކޯހުގައި ކިވަދިނީ އޭއެފްސީގެ ހުއްދަ ހާސިލްކޮށްފައިވާ ކޯޗުންނެވެ. މިކޯހުގައި ކިޔަވާދީފައިވަނީ ފުޓްބޯޅައިގެ ބޭސިކް ސްކިލް ތަކާ ކޮމިއުނިކޭސަން ސްކިލްތަކާ، ދަނޑުމަތީގައި ކޯޗުން ގެންްގުޅެން ޖެހޭ އުސޫލްތަކެވެ. 3 ތިއަރީ ޓެސްޓާ، 2 ޕްރެކްޓިކަލް ޓެސްޓް ވަނީ މިކޯހުގެ ބައިވެރިން ފުރިހަމަކޮށްފައެވެ.

މިކޯހަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ފުރިހަމަ ކޯހެއްކަމަށް ކޯހުގެ އިންސްޓްރަކްޓަރ ސާޒްލީބުންޏެވެ. ޝާޒް ބުނީ ކޯހުގައި ބައިވެރިވި ގިނަ ބައިވެރިންނަކީ ގްރާސްރޫޓް ކޯޗިންކޭމްޕް ފުރިހަމަކޮށްފައިވާ އަދި ކުރިން ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިންނަށްވުމުން މިކޯސް ކުރިއަށްގެންދިޔުމުގައި ވަރަށް ފަސޭހަވި ކަމަށެވެ.

"މިކޯސް ހިންގުމުގައި ހަމައެއްވެސް ދައްޗެއް ދިމަލެއްނުވޭ، ބައެއްފަހަރު ބައެއްކޯސްތަކުގައި މިވާ ގޮތަކީ މައުލޫމާތުނެތިގެންވެސް ނޫނީޔާ ކޮންމެވެސް އެހެން ކަމެއް ދިމާވޭ، 14 ބައިވެރިންވެސް ހަމަ ވަރަށްރަގަޅަށް ކޯސް ފުހަމަމިކުރީ އިވެލުއޭޓް ކުރަން ދެހަފްތާވަރުނަގާގެ އެއީ ބަލަންޖެހޭ ކަންތައްތަކެއް ހުރީމަ، މިކޯހުގައި ހެދި 3 ތިއަރީ ޓެސްޓުގެ ތެރެއިން 2 ތިއަރީން ފާސް ވެ ހެދި 2 ޕްރެކްޓިކަލް ޓެސްޓުން ފާސްވާ ބައިވެރިނަށް ސެޓްފިކެޓް ލިބޭނީ" ޝާޒް ބުންޏެވެ.

މިކޯހުގައި ބައިވެރިން ބުނީ މި ކޯހުގެ ސަބަބުން ބ.އަތޮޅުގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ދާނެކަމަށް ގަބޫލް ކުރާކަމަށާ، މިކޯހުން ދަސްވި އެއްޗެއްގެ ބޭނުން ހިފުމަކީ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ. އަދި ސެޓްފިކެޓް ނުލިބުނު ކަމުގައި ވީނަމަވެސް މިކޯހުގެ ސަބަބުން ބ.އަތޮޅުގެ ފުޓްބޯޅަ ކުރިއަރައިދާނެކަމަށް ގަބޫލް ކުރާކަމަށެވެ.

"ވަރަށް ގިނަ މައުލޫމާތުތަކެއް ލިބި ފުޓްބޯލައަށް ލޯހުޅުވިގެން ހިނގަޖެ، އަދި ބައިވެރިންގެ އަޒުމަކަށް ވީ ސެޓްފިކެޓް ނުލިބުނު ކަމުގައި ވީނަމަވެސް މިކޯހުން ދަސްވި އެއްޗެއްގެ ބޭނުންހިފާ ބ.އަތޮޅުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުން. މީހަމަ ބުނާނަމަ ފުޓްބޯޅައިން ކުރިއަށްދާން ނުވަތަ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަކަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއްމީ،"

ބ.އޭދަފުށީގައި ކުރިއަށްގެންދިޔަ މިކޯހަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ބ.އަތޮޅު ކައުންސިލާ، އޭދަފުށީ ކުޅިވަރު ކުރިއަރުވާ ކޮމެޓީ ކްލަބް އޭދަފުށި ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.