ޚަބަރު

ހއ ދިއްދޫގެ ވޯޓަރ ޕާކް ވަގުތީގޮތުން ބަންދު ކޮށްފި


ހއ.ދިއްދޫގެ ވޯޓަރ ޕާކް ވަގުތީގޮތުން ބަންދު ކޮށްފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ހާޝިމް ވިދާޅުވީ، މި ޕާކް ވަގުތީގޮތުން ބަންދު ކުރީ، ކުރަންޖެހޭ މަރާމާތުތައް ކުރުމަށާއި އެސަރަހައްދުގައި އުފެދޭ ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކޮށް، މޫދަށް އެރެން ދާ މީހުންނަށް އެކަށީގެންވާ ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށް ކަމަށެވެ. އެގޮތުން މި ކަންކަން ކުރުމަށްޓަކައި މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ޕާކް ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ.

ދިއްދޫގައި ހަދާފައިވާ ވޯޓަރ ޕާކަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ސްވިމިންގ އެސޯސިޔޭޝަން އޮޕް މޯލްޑިވްސް އިން ދިއްދޫރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ޕާކެކެވެ.