ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިން ލަގްޒަރީ ރިޒޯޓުގެ އެވޯޑު ނަލަދޫ މޯލްޑިވްސްއަށް


މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިން ލަގްޒަރީ ރިޒޯޓުގެ އެވޯޑު ނަލަދޫ މޯލްޑިވްސްއިން ހޯދައިފިއެވެ.

ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ބޭއްވި 7 ވަނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި، ސަން ސިޔާމް، ވިލާ ގްރޫޕް އަދި ކްރައުން އެންޑް ޗަންޕާގެ ގިނަ ރިސޯޓުތަކަކުން ވަނީ އެވޯޑްތައް ހާޞިލުކޮށްފައެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި 30 ކެޓަގަރީއަކުން އެވޯޑު ދީފައިވެއެވެ. މިއެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބިފައިވާ ރިސޯޓުތަކަށް ބަލާލާއިރު، ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ލިބިފައިވަނީ ޝެވަލް ބްލާންކް ރަންދެލި، ލީޑިން ޕްރައިވެޓް އައިލެންޑު އެވޯޑް ލިބިފައިވަނީ ނަލަދޫ މޯލްޑިވްސް، ލީޑިން ފުޑް އެންޑް ބެވަރެޖް ރިސޯޓްގެ އެވޯޑް ވަން އެންޑް އޮންލީ ރީތި ރަށުން ހޯދިއިރު، ލީޑިން ފުޑް އެންޑް ބެވަރެޖް އައުޓްލެޓްގެ އެވޯޑް ލިބިފައިވަނީ ޝެވަލް ބްލާންކްގެ ރެސްޓޯރަންޓަކަށެވެ.

ލީޑިން ބީޗް ރިސޯޓަށް ކޮކޫން މޯލްޑިވްސް ހޮވުނުއިރު ލީޑިން ޑިޒައިނަރ ރިސޯޓްގެ އެވޯޑް ހޯދާފައިވަނީ ކަނޑިމަ މޯލްޑިވްސް ރިސޯޓެވެ. ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑް އަމިއްލަ ފުށި ރިސޯޓުން ހޯދިއިރު ހުވަފެންފުށި ރިސޯޓުން ވަނީ އެންމެ ރޮމާންޓިކް ރިސޯޓުގެ އެވޯޑް ހޯދާފައެވެ.

ލީޑިން ލޯކަލް ހޮޓެލް އެންޑް ރިސޯޓު ބްރޭންޑް ސަން އެކުއަރ ބްރޭންޑުން ހޯދިއިރު ލީޑިން އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓުގެ އެވޯޑް ލިބިފައިވަނީ އަންނަންތަރާ ބްރޭންޑަށެވެ.

އެވޯޑް ހަފްލާ ބޭއްވި ޕެރަޑައިޒް ރިސޯޓުން ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓު އެވޯޑުގެ އިތުރުން މޯސްޓް ސަޕޯޓިވް ރިސޯޓުގެ އެވޯޑްވެސް ހޯދިއެވެ.

ފެއަރމައުންޓް ސިއްރު ފެންފުށި ރިސޯޓުން ދާއިރާއަށް އަލަށް ވަން އެންމެ ފާހަގަކުރެވޭ ރިސޯޓުގެ އެވޯޑު ހޯދިއިރު ލީޑިން އެއަރޕޯޓު ހޮޓެލްގެ އެވޯޑް ހޯދާފައިވަނީ އައްޑޫގެ އިކުއޭޓަރ ވިލެޖުންނެވެ.

ތިމާވެއްޓަށް ވިސްނައިގެން ހިންގާ ރިސޯޓު، ނުވަތަ ލީޑީން އިކޯ ރިސޯޓުގެ އެވޯޑު ކާމިޔާބުކުރީ ސިކްސް ސެންސަސް ލާމުންނެވެ. މުޖްތަމަޢުއަށް ފައިދާކުރާ މަސައްކަތްކުުރުމުގެ އެވޯޑް ކްރައުން އެންޑް ޗަންޕާއިން ހޯދިއިރު، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓު ހޯދީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ.

ރާއްޖޭގެ އައިލެންޑް އޭވިއޭޝަނަށް ލީޑީން ލޯކަލް ކެރިއަރގެ އެވޯޑް ލިބުނުއިރު ސްރީލަންކަން އެއަރލައިންސް އިން ވަނީ ލީޑިން އިންޓަރނޭޝަނަލް އެއަރލައިން އެވޯޑު ހޯދާފައެވެ.

ލީޑިން ލިވްއަބޯޑު ބްރޭންޑަކަށް ވޮޔަޖަސް މޯލްޑިވްސް ހޮވުނުއިރު ލީޑިން ލިވްއަބޯޑަށްކަށް ހޮވުނީ ހޮރައިޒަން ތްރީއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑަކީ 2012 ވަނަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހިތްވަރު ދިނުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ.

މިއެވޯޑްސް ކޮންމެ އަހަރަކު ދެމުން ދާއިރު، މިއީ އޮންލައިން ވޯޓިން އަދި ޖަޖިން ޕެނަލެއްގެ މެދުގައި ނަގާ ވޯޓަކުން ދޭ އެވޯޑެކެވެ.