ކާނާ

ރެސިޕީ : ގްރިލްޑް ޗީޒީ ގާލިކް ބްރެޑް


ކުރިން ތައްޔާރުކޮށްފައިވާ ޕާން، ބަނަސް ނުވަތަ ނާންވެސް މި ޑިޝް ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެއެވެ.

ބޭނުންވާނެ ތަކެތި :

2 މޭޒުމަތީ ސަމުސާ ބަޓަރ
1 ލޮނުމެދު (ކުދިކޮށްކޮށާ، ޗަސްކޮށްފައި)
2 ނާން
ލޮނު، އަސޭމިރުސް
2/3 މޮޓްޒަރެއްލާ (ގާނާފައިހުރި)

ތައްޔާރުކުރާނެ ގޮތް :

ގްރިލް ކުރަން ބޭނުންކުރާ ކަހަލަ ތާހެއްގެ ތެރެއަށް ތެޔޮކޮޅެއް އަޅައި މަޑުގިނީގައި ހޫނުކުރަން ޖައްސާށެވެ.
ބޯތައްޓެއްގައި ބަޓަރ، ލޮނުމެދު، ލޮނު، އަސޭމިރުސް އެއްކޮށްލުމަށްފަހު ނާންގެ ދެފުށުގައި ކާތާލާށެވެ.
ދެން ތާސް އުދި އުދުން މަޑުގިންޔަށް ޖައްސާފައި އޭގެ މައްޗަށް ނާންލައިގެން ގްރިލްކޮށްލައި، ނާންގެ ކޮންމެ ފަޅިއެއް ދެމިނެޓު ފިހެލުމުން ރަގަނޅުވާނެއެވެ. ދެން ނާންގެ މައްޗަށް މޮޓްޒަރެއްލާ އަޅާފައި ތަވާގެ މަތިޖަހައިގެން 2 މިނެޓެއްހާއިރު ބަހައްޓާލާށެވެ. އޭރުން ހުންނާނީ ތައްޔާރުވެފައިއެވެ. ބްރެޑް، ނާންގެ ބަދަލުގައި ބަނަސް ނުވަތަ ޕާނާއެކުވެސް ތައްޔާރުކުރެވިދާނެއެވެ.