ކާނާ

ރެސިޕީ : ކޯން ވިތް ޗިކަން އެންޑް ޓޮމާޓޯ ސޫޕް


ސޫޕަކީ ލުއި އަދި ބަރުހެލިނުވެ ބަނޑުފުރާލެވޭ އެއްޗެކެވެ. މިފަހަރުގެ މި ގެނެސްދޭ ސޫޕްއަކީ ކޮންމެ ވަގުތެއްގައިވެސް އިންސާފްކޮށްލަން އެކަށީގެންވާ ސޫޕެކެވެ.

ބޭނުންވާނެ ތަކެތި :

1 މޭޒުމަތީ ސަމުސާ ތެޔޮ
200ގ ޗިކަން ބްރެސްޓް (ކުދިކޮށްކޮށާފައި)
1 ޓޮމާޓޯ (ކުދިކޮށްކޮށާފައި)
2 މޭޒުމަތީ ސަމުސާ ޕާސްލީ (ކުދިކޮށްކޮށާފައި)
2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ (ކުދިކޮށްކޮށާފައި)
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ޖޯޑު ފެން
3 ޖޯޑު ޗިކަން ސްޓޮކް (ހޫނުފެނުގައި ގިރާފައިވާ)
½ ޖޯޑު ގަނޑުކުރި ގްރީން ޕީޒް (ގަނޑުފިލުވާފައި)
1 ދަޅު ސުއިޓްކޯން (ފުއްތައްވަކިކޮށްފައި ހުންނަ ޒުވާރީ)

ތައްޔާރުކުރާނެ ގޮތް :

މެދުގިނީގައި ތާހަކަށް ތެޔޮކޮޅުއަޅައި ހޫނުކުރުމަށްފަހު އޭގެތެރެއަށް ކުކުޅުކޮޅުއަޅައިގެން 5 މިނެޓުހާއިރު މީރުކޮށްލާށެވެ. ދެން ކުކުޅުކޮޅުގެ ތެރެއަށް ޓޯމާޓޯތައްއަޅައި އެއްކޮށްލާނީއެވެ. 2 މިނެޓެއްހާއިރު ކުކުޅު އަދި ޓޯމާޓޯ މީރުކުރުމަށްފަހު ޕާސްލީ އަދި ކޮރިއަންޑާ ފަތްތައް އަޅައި އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް އެއްވުމުން ތާހުގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް، ފެން، ޗިކަން ސްޓޮކް، ސުއިޓްކޯންއަޅާލައި އަދި ތާހުގެ މަތިޖަހާ ބޮކިއަރަންދެން 10 ވަރަކަށް މިނެޓު ސޫޕްގަނޑު ކައްކާލާށެވެ.