ކާނާ

ރެސިޕީ : ލެމަން މިންޓް ކޫލާ


ލެމަން މިންޓް ކޫލާ މިއީ ތައްޔާރުކުރަން އެހާ ފަސޭހަ، ހޫނުގަދަ ގަޑިތަކުގައި ކަރުހިއްކުން ފިލުވާލަން ރަނގަޅު އަދި މީހާ ރިފްރެޝްކޮށްލުމަށް ވެސް ކަމުދާނެ ބުއިމެކެވެ.

ބޭނުންވާނެ ތަކެތި :

1 ½ ޖޯޑު ލުނބޯ ހުތް
½ ޖޯޑު ހަކުރު
6 ޖޯޑު ފެން
1 ޖޯޑު މިންޓް ލީފް

ތައްޔާރުކުރާނެ ގޮތް :

ޖަގެއްގައި ލުނބޯ ހުތް، ހަކުރު އަދި 1 ޖޯޑު ފެން އެއްކުރާށެވެ. ހަކުރުތައް ގިރުނީމަ އިތުރު ފަސް ޖޯޑު ފެންއަޅާ އެއްކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް މިންޓް ލީފް އަދި އައިސްކިއުބް އަޅާލާށެވެ.