ޓުއަރިޒަމް

ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިޒޯޓް އޮކްޓޫބަރު މަހު ހުޅުވަނީ


މެރިއޮޓް އިންޓަރނޭޝަނަލް ބްރޭންޑް ވެސްޓިން ބްރޭންޑުގެ އައު ރިޒޯޓެއް ރާއްޖޭގައި މިއަންނަ އޮކްޓޫބަރު މަހު ހުޅުވަނީއެވެ.
މިގޮތުން އޮންޓޫބަރު މަހު ހުޅުވުމަށް ހަމަޖެހިފައިވަނީ ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިޒޯޓަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް ބ އަތޮޅުގައި އިންނަ ރިޒޯޓެކެވެ. މިއީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓަޑް އަދި ސްރީ ލަންކާގެ އޭޝިޔާ ކެޕިޓަލް ޕީއެލްސީއިން ތަރައްޤީކޮށްފައިވާ ރިޒޯޓެކެވެ. މިރިޒޯޓުގައި މޫދުމަތީގެ 29 ވިލާ އަދި ސުއިޓްގެ އިތުރުން ރަށުތެރޭގައި 41 ވިލާ، ޖުމްލަ 70 ވިލާ އަދި ސުއިޓް ހިމެނޭނެއެވެ. މިރިޒޯޓު ފަރުމާކުރުމުގައި އިޓަލީވިލާތުގެ މަޝްހޫރު ޕެއިއާ އެސޯސިއާޓީއެވެ. މިރިޒޯޓުގައި ވެސްޓިންގެ މަޝްހޫރު ސްޕާޔާ، ކަސްރަތުކުރުމަށް ހާއްސަ ސެންޓަރު އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބްވެސް ހުންނާނެއެވެ.
ވެސްޓިން ހޮޓެލްސް އެންޑް ރުޒޯޓްސްއަކީ ފަތުރުވެރިންގެ ވެލްނަސް ނުވަތަ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން ހިދުމަތްތައް ބައްޓަންކޮށް ފޯރުކޮށްދޭ ހޮޓެލް އަދި ރިޒޯޓު ހިންގާ ބްރޭންޑެކެވެ.
މެރިއޮޓްއިން ވެސްޓިން ބްރޭންޑް އެކުއަރކޮށްފައިވަނީ ސްޓާރވުޑް ހޮޓެލްސް އަދި ރިޒޯޓްސްއާއެކު ކުރި މާރޖާއެއްގެ ދަށުންނެވެ. މިބްރޭންޑުގެ ރިޒޯޓު ހޮޓާތައް ހާއްސަވެފައިވަނީ ފަތުރުވެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށް ބައްޓަންކުރެވިފައިވާ ހިދުމަތްތަކުގެ މައްޗަށެވެ. މެރިއޮޓް ހޮޓެލްގެ އެހެން ބްރޭންޑުތައް ރާއްޖޭގައި މިހާރުވެސް ދަނީ ގިނަ ހޮޓެލް އަދި ރިޒޯޓުތައް ހިންގަމުންނެވެ. މިގޮތުން ދަ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިޒޯޓާ، ޝެރަޓަން މޯލްޑިވްސް ފުލް މޫންގެ އިތުރުން ޑަބްލިއު މޯލްޑިވްސް ހިމެނެއެވެ.