 
										
			މިއީ ސިއްހަތައް ފައިދާހުރި، އެހާމެ މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ސެލެޑެެކެވެ.
ބޭނުންވާނެ ތަކެތި :
ފެނުކައްކާފައިހުރި 2 ޗިކަން ބްރެސްޓްކޮޅު ( އަތުން ކުދިކުދިކޮށްފައި )
2 އަނބު ( ހުތް އަނބު، ތޮށިމަށައި ކުދިކޮށްކޮށާފައި ) 
2 ލުނބޮލުގެ ހުތް 
2 މޭޒުމަތީ ސަމުސާ މާމުއި 
½ މޭޒުމަތީ ސަމުސާ އިނގުރު ( ގާނާފައި ) 
¼ ޖޯޑު އޮލިވް އޮއިލް 
ތައްޔާރުކުރާނެ ގޮތް :
ކުޑަ ބޯތައްޓެއްގައި ލުނބޯ، މާމުއި، އިނގުރު އަދި އޮލިވް އޮއިލް އެއްކޮށްލާށެވެ. ދެން ބޮޑު ބޯތައްޓެއްގައި ކުކުޅު އަދި އަނބު އެއްކޮށްފައި ކުރިން ތައްޔާރުކުރި ތަކެތި ތެރެއަށް އަޅައި އެއްކޮށްލާށެވެ.