ކާނާ

ރެސިޕީ : ދާލް ފްރައި


މިއީ ތައްޔާރުކުރަން ފަސޭހަ އެހާމެ މީރު މުގުރިހައެކެވެ.

ބެނުންވާނެ ތަކެތި :

250ގ މުގު (އެއްރޭ ވަންދެން ފެނަށް ލާފައިހުރި)
2 މޭޒުމަތީ ސަމުސާ ތެޔޮ
4 ފިޔާ (ކުދިކޮށް ކޮށާފައި)
1 ރަތް މިރުސް (ތުނިކޮށް ކޮށާފައި)
4 ލޮނުމެދު (ޗަސްކޮށް، ކޮށާފައި)
½ މޭޒުމަރީ ސަމުސާ ރީނދޫ
½ މޭޒުމަތީ ސަމުސާ ތެޅިމިރުސް
1 މޭޒުމަތީ ސަމުސާ މުގުރި ދިރި
5 ހިކި މިރުސް (ދެފަޅިކޮށްފައި)
2 އަލުވި (ކުދިކޮށް ކޮށާފައި)
2 ޓޯމާޓޯ (ކުދިކޮށް ކޮށާފައި)

ޓޮޕިން ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި :

5 މޭޒުމަތީ ސަމުސާ ތަރުކާރީ ތެޔޮ
2 ލޮނުމެދު (ޗިސްކޮށް ކޮށާފައި)
½ ފިޔާ (ތުނިކޮށް ކޮށާފައި)
1 ތޮށި މިރުސް (ކުދކޮށް ކޮށާފައި)
ކޮރިއަންޑަރ ފަތް (ބޭނުންވާވަރަކަށް)

ތައްޔާރުކުރާނެ ގޮތް :

ބޮޑު ތެއްޔެއްގައި ވެޖަޓަބަލް އޮއިލް ހޫނުކޮށްލުމަށްފަހު އޭގެތެރެއަށް ފިޔާ، މިރުސް އަދި ލޮނުމެދު އަޅާ މީރުކޮށްލާށެވެ.
ދެން ރީނދޫ، ތެޅިމިރުސް، މުގުރި ދިރި އަދި ހިކި މިރުސްކޮޅުއަޅާ ފެންކޮޅަކާއެކު 1 މިނެޓު އެއްކޮށްލާށެވެ. ދެން އަލުވިކޮޅާ، މުގުކޮޅުއަޅާ މަދުނުވާވަރަށް ފެންއަޅާ 10 މިނެޓު މަތިޖަހައިގެން ކައްކާލާށެވެ. ދެން ޓޮމާޓޯކޮޅުއަޅާލާފައި އިތުރު 15 މިނެޓު މުގުތައް ރަގަނޅަށް މަޑުވަންދެން ކައްކާލާށެވެ.
ދެން ވަކިން ކުޑަ ތާހެއްގައި ފިޔާ، ލޮނުމެދު، މިރުސް، ރީނދޫ، ތެޅިމިރުސް، މުގުރި ދިރި އަދި ހިކި މިނަރަވެލަންދެން މީރުކޮށްލައި މުގު ރިހަ އެތި މައްޗަށް މިއެއްޗެތި އަޅާ، ދެން އޭގެ މައްޗަށް ކޮރިއަންޑަރ ފަތްތައް އަޅާށެވެ.