ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު މަސްނޫއީ ފަރު ރާއްޖޭގެ ރިސޯޓެއްގައި


ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނުން މިހާތަނަށް ތައްޔާރުކޮށްފައިވާ އެންމެ ބޮޑު މަސްނޫއީ ފަރު ސަމާ އައިލެންޑް ރިސޯޓުގެ ފަޅުތެރޭގައި އިންދައިފިއެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނުން މިހާތަނަށް ތައްޔާރުކޮށްފައިވާ އެންމެ ބޮޑު މަސްނޫއީ ފަރު ސަމާ އައިލެންޑުގެ ފަޅުތެރޭގައި އިންދާފައިވާއިރު މިއީ ތްރީޑީ ޕްރިންޓިން ޒަރިއްޔާއިން ބިނާކޮށްފައިވާ ފަރެކެވެ. މިފަރު އިންދާފައިވަނީ ސަމާ އައިލެންޑްގެ ފަޅުތެރޭ އޮންނަ ބްލޫ ލެގޫން ކިޔާ ސަރަހައްދުގައެވެ. މި މަޝްރޫޢަކީ ސަމާ އައިލެންޑުގެ ފަޅުތެރޭގައި ފަރު، މުރަކަ އަދި ކަނޑުގެ ދިރުން އާލާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްރޫޢެއްކަމަށް ރިޒޯޓުން ބުނެއެވެ.

މިމަޝްރޫޢުގެ ދަށުން އިންދާފައިވާ ފަރު ސްޓްރަކްޗަރގެ ބައިތަކަކީ އޮސްޓްރޭލިއާގައި ތައްޔާރުކޮށްފައިވާ ބައިތަކެއްކަމަށް ރިސޯޓުން މައުލޫމާތުދެއެވެ. މި ފަރު އުފެއްދި ޑިޒައިނަރ ބުނީ ތްރީޑީ ޕްރިންޓިންގެ ސަބަބުން ތިމާވެށި ޙިމާޔަތްކޮށް، ފަރުތައް އާލާކުރާނެ އިތުރު ގޮތްތައް ތަޢާރަފްވެފައިވާކަމަށެވެ.

ގުދުރަޤީގޮތުން ފަރެއް ބިނާވެ، މުރަކައާލާވެ، އެސަރަހައްދެގެ ދިރުން އެންމެ ފުރިހަމަ ވުމަށް 10 ހާސް އަހަރު ނަގައެވެ.

ސަމާ އައިލެންޑުގެ މެނޭޖަރ މަރީ ޝަރީފު ވިދާޅުވީ ތްރީޑީ ޕްރިންޑަޓް ރީފް ޕްރިޖެކްޓަކީ ތިމާވެށި ޙިމާޔަތްކުރުމަށް ހިންގާ މަޝްރޫޢެއްކަމުން މިއީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤުބޫލު މަޝްރޫއެއްކަމަށެވެ. މިމަޝްރޫގެ ޒަރިއްޔާއިން މިހާރު ފަރު، މުރަކަ އާލާކުރަން ބޭނުންކުރާ އުކުޅުތަކަށްވުރެ ތްރީޑީކޮށް ޕްރިންޓްކޮށްގެން ފަރުތައް އާލާކުރާ ކުރުން ކާމިޔާބުނަމަ މިއީ ވަރަށް މުހިއްމު ހޯދުމަކަށްވާނެކަމަށް ސަމާ އައިލެންޑުން ބުނިއެވެ.