ކާނާ

ރެސިޕީ : އެޕަލްސޯސް ސްޕައިސް ބްރެޑް


ޕާނަކީ އަމިއްލައަށް ތައްޔާރުކުރާނަމަ ވަރަށް ތަފާތުގޮތްގޮތަށް ތައްޔާރުކުރެވިދާނެ އެއްޗެކެވެ. އާފަލާއެކު ތައްޔާރުކުރާ މި ޕާންމީ ހެނދުނުގެ ނާސްތާއަށް އަދި ހަވީރުގެ ސަޔައްވެސް ކަމުދާނެ އެއްޗެކެވެ.

ޕާން ފިހުމަށް ބޭނުންވާނެ ތަކެތި :

1 ޖޯޑު އެޕަލް ސޯސް (އާފަލުގެ ތޮށިމަށާ، މިކްސަރުން މުގުރާފައި)
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
¼ ޖޯޑު ކާށި ތެޔޮ
1/3 ވެނީލާ ގްރީކް ޔޯގަޓް
1 ބިސް
½ ޖޯޑު ބްރައުން ޝުގަރ
¼ ސައިސަމުސާ ލޮނު
1 ސައިސަމުސާ ފޮނިތޮށި (މުގުރި)
1 ސައިސަމުސާ ބޭކިން ސޯޑާ
½ ސައިސަމުސާ ބޭކިން ޕައުޑަރ
½ ޖޯޑު ރަތް އާފަލު (ތޮށި މަށާ ކުދިކޮށް ކޮށާފައި)
½ ސައިސަމުސާ ލުނބޯ ހުތް
1 ޖޯޑު ފުށް
½ ޖޯޑު އޯޓްސް ފުށް
- ޓޮޕިން ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި
2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
½ ސައިސަމުސާ ފޮނިތޮށި (މުގުރި)

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 300 އަށް ޖައްސައި ހޫނުކޮށްލާށެވެ. ދެން ޕާން ފިހާ ޓްރޭއެއްގައި ބަޓަރުކޮޅެއް ލާފައި ފުށް ކޮޅެއް ކާތާލާށެވެ.
ބޮޑު ބޯތައްޓެއްގައި އެޕަލް ސޯސް، ވެނީލާ އެސެންސް، ކާށި ތެޔޮ އަދި ގްރީކް ޔޯގަޓް އެއްކޮށްލައި، ދެން މިތަކެތީގެ ތެރެއަށް ބިސް އަދި ބްރައުން ޝުގަރ އަޅައި ރަގަނޅަށް އެއްކޮށްލާށެވެ. މިހާހިސާބުން ލޮނު، މުގުރި ފޮނިތޮށި، ބޭކިން ސޯޑާ އަދި ޕޭކިން ޕައުޑަރ އަޅައި އެއްކޮށްލާށެވެ.
ދެން ވަކިން ބޯތައްޓެއްގައި ކޮށާފައި ހުރި އާފަލު އަދި ލުނބޯ ހުތް އެއްކޮށްލުމަށްފަހު ބޯތަށީގައި ހުރި ދިޔަތައް ޑްރެއިންކޮށްލައި، ދެން މީގެތެރެއަށް ½ މޭޒުމަތީ ސަމުސާ ފުށް އަޅާ އެއްކޮށްލާށެވެ. އަދި ކުރިން ތައްޔާރުކުރި އެޕަލްސޯސް މިކްސްގެ ތެރެއަށް މިއާފަލުތައްވެސް އަޅާ އެއްކުރުމަށްފަހު އާދައިގެ ފުށް އަދި އޯޓްސް ފުށްވެސް މީގެތެރެއަށް އަޅާ މަޑު މަޑުން މިކްސްކުރަމުން ގެންދާށެވެ.
ދެން ކުރިން ގްރީސްކުރި ޓްރޭގެ ތެރެއަށް މިތަކެތި އަޅާލައި، އަދި ވަކިން ހުރި ބްރައުން ޝުގަރ އަދި މުގުރި ފޮނިތޮށި ޓްރޭގެ މައްޗަށް ބުރުވާލުމަށްފަހު ޓްރޭ އަވަނަށްލާ 55 މިނެޓެއްހާއިރު ފިހެލާށެވެ.