ކާނާ

ރެސިޕީ : ޗިކަން ސެލަޑް ސްޓަފްޑް އެވަކާޑޯސް


ސިއްހަތައް ފައިދާ ހުރި މީރު އެއްޗެއް ކާލަން ބޭނުންނަމަ މިއީ ތައްޔާރުކޮށްލަން ރަގަނޅު ކެއުމެކެވެ.

ބޭނުންވާނެ ތަކެތި :

2 އެވަކާޑޯ (ދެފަޅިކޮށް، އޮއް ނަގާފައި)
2 ޖޯޑު ކުކުޅު (ޗިކަން ބްރެސްޓް – އަވަނުގައި ކުޑަ ލޮނު، އަސޭމިރުސްކޮޅަކާއެކު ފިހެ ކުދިކޮށްފައި)
¼ ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު މެޔޮނައިޒް
2 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓް
1 ލުނބޮލުގެ ހުތް
1 ½ މޭޒުމަތީ ސަމުސާ ޑިޖޯން މަސްޓަޑް
ލޮނު
އަސޭމިރުސް
ޕާސްލީ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް :

ކޮންމެ އެވަކާޑޯ ފަޅިއަކުން ވަށައިގެން އެތިކޮޅެއް ބަހައްޓާފައި ބާކީ ހުރި ބައި ސަމުސަލަކުން ނަގާށެވެ.
ބޯތައްޓެއްގައި ކުކުޅު، ފިޔާ، މެޔޮނައިޒް، ގްރީކް ގޯޔަޓް، ލުނބޯ ހުތް، މަސްޓަޑް، ލޮނު، އަސޭމިރުސް އަދި ސަމުސަލުން ނެގި އެވަކާޓޮތައް ރަގަނޅަށް އެއްކޮށްލާށެވެ. ދެން ބޭނުންނުކޮށް ބެހެއްޓި އެވަކާޑޯ ފަޅިތެރެއަށް އެއްކުރި މިކްސްގަނޑު އަޅާށެވެ. މައްޗަށް ޕާސްލީ ފަތްކޮޅު އަޅާ ގާނިޝްކޮށްލާށެވެ. އޭރުން ހުންނާނީ ޗިކަން ސެލަޑް ސްޓަފްޑް އެވަކާޑޯސް ތައްޔާރުވެފައެވެ.