ކާނާ

ރެސިޕީ : ބްލޫ ބެރީ ކޮބްލާ


މިއީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ، އަދި އެހާމެ މީރު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

- ބެރީ މިކްސް ތައްޔާރުކުރުމަށް
4 ޖޯޑު ބްލޫ ބެރީ
3 މޭޒުމަތީ ސަމުސާ ހަކުރު
1/3 ޖޯޑު އޮރެންޖު ޖޫސް (ފްރެޝް)

- ކޮބްލާ ތައްޔާރުކުރުމަށް
½ ޖޯޑު ބަޓަރު (ފިނި ކަނޑުވާފަ)
½ ޖޯޑު ހަކުރު
1 ބިސް
½ މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
2/3 ޖޯޑު ފުށް
¼ މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
ރަހަނުލާވަރު ކުޑަ ލޮނުކޮޅެއް

- ސާރވް ކުރުމަށް
އައިސްކްރީމް (ވެނީލާ)

ތައްޔާރުކުރަނެ ގޮތް :

ފުރަތަމަ އަވަން 200 އަށް ޖައްސާލާށެވެ. ދެން 9 އިންޗީގެ ވަށް ޓްރޭއެއްގައި ބަޓަރުކޮޅެއް އުގުޅާލާށެވެ.

ބެރީޒް ތައްޔާރުކުރާނެ ގޮތް :
ބޯތައްޓެއްގައި ބެރީޒް، ހަކުރު އަދި އޮރެންޖު ދިޔަ އެއްކޮށްލާށެވެ. ދެން ކުރިން ބަޓަރ އުގުޅި ޓްރޭގެ ތެރެއަށް އަޅާލާށެވެ.
ކޮބްލާ ތައްޔާރުކުރާނެ ގޮތް :
ވަކިން އެހެން ބޯތައްޓެއްގައި ހަކުރު އަދި ބަޓަރު އެލެކްޓްރިކް ކޭކް މިކްސަރއެއް ބޭނުންކޮށްގެން ހަކުރުތައް އެކީގައި ގިރި، ބަޓަރާއެކު ޕޭސްޓް ގަނޑެއްހެން އެއްވަންދެން މިކްސްކޮށްލާށެވެ. ދެން މީގެ ތެރެއަށް ބިހާއި، ވެނީލާ އެސެންސް އަދި ފުށާ، ބޭކިން ޕައުޑަރ އަދި ލޮނު އަޅާ މިކްސާއިން މަޑު މަޑުން އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ޓްރޭއަށް އެޅި ބެރީތައް މައްޗަށް އަޅައި ފަތުރާލުމަށްފަހު، އަވަނަށްލާ 35-40 މިނެޓު ވަންދެން ކޮބްލާ ފިހެލާށެވެ. މިއީ ވެނީލާ އައިސްކްރީމާއެކު ކާން ވަރަށް މީރު އެއްޗެކެވެ.