ކާނާ

ރެސިޕީ : ސްޓްރޯބެރީ އަޕްސައިޑް ޑައުން ކޭކް


ޕައިނެޕަލް އަޕްސައިޑް ޑައުން ކޭކުގެ ބަދަލުގައި ސްޓްރޯބެރީ ބޭނުންކޮށްގެން މިއީ ތައްޔާރުކޮށްލަން ވަރަށް މީރު ކޭކުގެ ބާވަތެކެވެ.

ބޭނުންވާނެ ތަކެތި :

453 ގްރާމްގެ ސްޓްރޯބެރީ (ތުނިކޮށް ކޮށާފައި)
¼ ޖޯޑު ބްރައުން ޝުގަރ
2 މޭޒުމަތީ ސަމުސާ ކޯން ސްޓާޗް
1 ¾ ޖޯޑު ފުށް
2 މޭޒުމަތީ ސަމުސާ ބޭކިން ސޯޑާ
ލޮނު
¾ ޖޯޑު ގްރެނިއުލޭޑަޓް ހަކުރު
2 ބޮޑު ބިސް
½ ޖޯޑު ސަވަރ ކްރީމް
½ ޖޯޑު ބަޓަރ (އަން ސޯލްޓަޑް)
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ވެނީލާ އައިސްކްރީން

ތައްޔާރުކުރާނެ ގޮތް :

އަވަން 200އަށް ޖައްސާލައި. ދެން 12 އިންޗީގެ ކޭކް ޓްރޭއެއްގައި ބަޓަރ ކޮޅެއް ހާކާލާށެވެ.
ދެން ބޮޑު ބޯތައްޓެއްގައި ސްޓްރޯބެރީތަކާކާއި، ބްރައުން ޝުގަރ، ކޯންސްޓާޗް އެއްކޮށްލައި. ދެން ކޭކް ޓްރޭއަށް ސްޓްރޯބެރީތައް އަޅައި ފަތުރާލާށެވެ.
ވަކިން އެހެން ބޯތައްޓެއްގައި ފުށް، ބޭކިން ޕައުޑަރ އަދި ލޮނު އެއްކޮށްލާށެވެ. ވަކިން އެހެން ބޯތައްޓެއްގައި ހަކުރު، ބިސް، ސަވަރ ކްރީމް، ބަޓަރ އަދި ވެނީލާ އެސެންސް އެއްކުއްރުމަށްފަހު ފުށް މިކްސް ގަނޑު އެއްކޮށްލާށެވެ. ދެން ކޭކް މިކްސްގަނޑު ކުރިން ސްޓްރޯބެރީ އެޅި ޓްރޭއަށްއަޅާ ފަތުރާލާނީއެވެ. މިއަށްފަހު އަވަނަށްލާ ކޭކު 35 ވަރަކަށް މިނެޓު ފިހެލާށެވެ. މިއީ ވެނީލާ އައިސްކްރީމާއެކު ކާން ވަރަށް މީރު ކޭކެވެ.