ޚަބަރު

އެއް ނަންބަރު ކުނި ކޮށި ހުސްކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލައިފި





 


މާލޭ އެއް ނަންބަރު ކުނި ކޮށި ހުސްކުރުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.


 
އެއް ނަންބަރު ކުނިކޮށި ނުވަތަ ގާކޮށި ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ކުނި ކޮށި ހުސްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް މޫސުން ރަގަޅުވުމުން އެ މަސައްކަތް އަލުން ފެށިގެންދާނޭ ކަމަށެވެ. އެގޮތުން މި ދުވަސްތަކުގެ ތެރޭގައި ކުނި އުފުލުމަށް ބޭނުންކުރާ ލޮރީތަށްވެސް މަރާމާތު ކުރެވިގެންދާނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.


 
 


މާލޭ އެއް ނަންބަރު ކުނި ކޮށި އެއްކޮށް ސާފުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ނަވާރަ ވަނަ ދުވަހުއެވެ. ސަރުކާރުން މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް އެކާވީސް މިލިއަން ރުފިޔާ ދީފައިވާއިރު، މި މަސައްކަތް ނުވަދިހަ ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.