ކާނާ

ރެސިޕީ : ޗިކަން ސެލެޑް ސޭންޑްވިޗް


މިއީ ކޮންމެ ގަޑިއަކުވެސް ކާލަން ތައްޔާރުކުރަން މީރު ސޭންޑްވިޗެއް. ބޭނުމިއްޔާ ޗިކަން ބަދަލުގައި ޓޫނާވެސް ބޭނުންކުރެވިދާނެއެވެ.

ބޭނުންވާ ތަކެތި :

3 ބޯންލެސް ޗިކަން ބްރެސްޓް (ފެނުކައްކާ، ރޯފިލުވާ ކުދިކޮށްފައި)
1 ފެހި އާފަލު (ކުދިކޮށް ކޮށާފައި)
½ ފިޔާ (ކުދިކޮށް ކޮށާފައި)
2/3 ޖޯޑު މެޔޮނައިޒް
¼ ޖޯޑު ޑިޖޯން މަސްޓަޑް
2 މޭޒުމަތީ ސަމުސާ ވިނެގާ
ލޮނު، އަސޭމިރުސް
ފްރެންޗް ބްރެޑް (ބްރައުން)

ތައްޔާރުކުރާނެ ގޮތް :

ބޯތައްޓެއްގައި ޗިކަން، އާފަލް، ފިޔާ އެއްކޮށްލާށެވެ. އަދި ކުޑަ ބޯތައްޓެއްގައި މެޔޮނައިޒް، މަސްޓަޑް، ވިނެގާ، ލޮނު އަދި އަސޭމިރުސް އެއްކުރާށެވެ. އެއަށްފަހު ދެން ބޮޑު ބޯތަށީގައި އެއްކުރި ކުކުޅު، އާފަލު އަދި ފިޔާގެ ތެރެއަށް މެޔޮނައިޒް، މަސްޓަޑް، ވިނެގާ، ލޮނު އަދި އަސޭމިރުސް މިކްސްގަނޑު އާޅާ ރަގަނޅަށް މޮޑެލާށެޗެ. ފްރެންޗް ބްރެޑް އަރިއަށްވާގޮތައް ދެފަޅިކޮށްފައި އަވަނުގައި 5 މިނެޓު ހޫނުކޮށްލާށެވެ. ދެން ޗިންކަން މިކްސްގަނޑު މީގެތެރެއަށް އަޅާލާށެވެ. އޭރުން ހުންނާނީ ޗިކަން ސެލެޑް ސޭންޑްވިޗް ތައްޔާރު ކުރެވިފައެވެ.