ކާނާ

ރެސިޕީ : ޕޮޓޭޓޯ ކަޓްލެޓްސް


ކަޓްލެޓްސް ނުވަތަ ކަޓްލަސްމީ ދިވެހިންނަށް އައު އެއްޗެއް ނޫނެވެ. ނަމަވެސް މިރެސިޕީގައި ކަޓްލަސް ތައްޔާރުކުރާގޮތް މި ގެނެސްދެނީ ކުޑަކޮށް ތަފާތުކޮށެވެ.

ބޭނުންވާނެ ތަކެތި :

5 އަލުވި (ކުދިކޮށް ކިބުބްސްހެން ކޮށާފައި، މަޑު ވަންދެން ފެނުކައްކާފައި)
ލޮނު، އަސޭމިރުސް (ރަހަ ލައްވަން ބޭނުންވާ މިންވަރަކަށް)
2 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ޕައުޑަރ
10 ސިލާންޓްރޯ ފަތް (ކުދިކޮށް ކޮށާފައި)
6 މޭޒުމަތީ ސަމުސާ ފާރޮށި ކުނޑި
3 ބިސް
ތެލުލާ ވަރަށް ތެޔޮ

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ މަޑުކޮށްފައި ހުރި އަލުވިތަކުގެ ތޮށި ނައްޓުމަށްފަހު އަލުވިތައް ބޮޑު ބޯތައްޓެއްގެ ތެރެއަށް އަޅާލައި، ދެން އަލުވިތަކުގެ ތެރެއަށް ލޮނު، އަސޭމިރުސް، ގަރަމް މަސާލާ، ކޮރިއަންޑާ ޕައުޑަރ، ސިލާންޓްރޯ އަޅާލައި. އަދި އުލަކުން އަލުވިތަކާއެކު ހުރިހާ އެއްޗެއް އެއްކޮށް، ޗަސްކޮށްލައި. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން އަލުވި މިކްސްގަނޑުން ކުދި ގުޅަ ވަށާފަ، އަތުން ފިއްތާ ފަތާކޮށްލާށެވެ.

އެއަށްފަހު ވަކިން ބޯތައްޓަކަށް ބިސްއަޅައި މިކްސްކޮށްލާށެވެ. އަދި އެހެން ތައްޓަކަށް ފާރޮށި ކުޑި އަޅާ. ކުރިން ހެދި ކަޓްލެޓްސްތައް ފުރަތަމަ ބިސް މިކްސްގަނޑުގެ ތެރެއަށްލާފަ ދެން ފާރޮށި ކުޑިތަކުގެ ތެރެއަށްލާ މުޅި ކަޓްލެޓްސްގައި ފާރޮށި ކުޑި ހާކާލާށެވެ.
ދެން ތާހެއްގައި ކުޑަ ތެޔޮކޮޅެއް އަޅާ ހޫނުކޮށްލާށެވެ. އަދި ތައްޔާރުކުރި ކަޓްލެޓްސްކޮޅުތައް ފަހަރަކު ފުށެއް ރަތްވަންދެން ތެލުލުމަށްފަހު ބާކީހުރި ކަޓްލެޓްސްތައް ފިހާއިރު ތެޔޮ ބޭނުންވާ މިންވަރަކުން ތާހަށް އަޅާ ހޫނުކުރަމުން ކުރިޔަށް ގެންދާށެވެ.