ކާނާ

ރެސިޕީ : 4 އިންގްރީޑިއަންޓް މާރސް ބާރ މެލޯ ފަޖް


ފޮނި އެއްޗެއް އަވަހަށް މަދު ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލަން ބޭނުންނަމަ މިއީ ހަމަ އެންމެ އެކަށީގެންވާ ޑެޒާޓެވެ.

ބޭނުންވާ ތަކެތި :

2 ދަޅު ގެރިކިރު
180ގ ގެ ތިން ޑާކް ޗޮކޮލެޓް ބްލޮކްސް (ކޮންމެ ބްލޮކެއްގައި 180ގ ހުންނަންވާނެ)
72ގ ގެ 3 މާރސް ޗޮކޮލެޓް
250ގ ގެ މާޝްމެލޯ ޕެކެޓެއްގެ އެއްބައި

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ޓްރޭގައި ބޭކިން ޕޭޕަރ ވަށައިގެން އަޅާށެވެ.
ދެން މަޑުގިނީގައި ތާހެއްގައި ގެރިކިރު ހޫނުކުރަން ފަށާށެވެ. 10 މިނެޓު ގެރިކިރު ގިރަމުން ކައްކަމުން ގެންދާށެވެ. ދެން މީގެތެރެއަށް މާރސް ޗޮކޮލެޓު އަދި މާޝްމެލޯ އަޅައި އެއްކުރާށެވެ. އެއަށްފަހު އުދުން މަތިން ތާސްނަގާ ޓްރޭއަށް މިތަކެތި އަޅާ އެއްވަރުކޮށްލާށެވެ. ދެން ފްރިޖަށްލައި 8 ވަރަކަށް ގަޑިއިރު ފިހިކޮށްލާށެވެ.