ކާނާ

ރެސިޕީ : ޓްރެޑިޝަނަލް ވެނީލާ ކަސްޓަޑް


ކަސްޓަޑަކީ ދިވެހިންގެ މެދުގައި މަގުބޫލުއެއްޗެއްކަން ހަމަޔަގީނެވެ. މިފަހަރު މިގެނެސްދެނީ ޓްރެޑިޝަނަލް ވެނީލާ ކަސްޓަޑް ތައްޔާރު ކުރާނެ ގޮތެވެ. މީތައްޔާރުކުރަން ފަސޭހަ އަދި އެހާމެ މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި :

1 ޖޯޑު ކިރު
1 ކަޕް ރިކަންޑް މިލްކް
2 ސަމުސަ ވެނީލާ އެސެންސް
4 ބިހުގެ ގަބޮޅި
1 މޭޒުމަތީ ސަމުސާ ކޯން ފްލާ
1/3 ޖޯޑު ކާސްޓަރ ޝުގަރ

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ތާހެއްގައި ކިރު، ކްރީމް އެއްކޮށްލާށެވެ. އަދި މީގެތެރެއަށް ވެނީލާ އެސެންސްވެސް އަޅާށެވެ. ދެން މެދު ގިނީގައި ތާހުގައި އެއްކުރި އެއްޗެހި 5 މިނެޓު ކައްކާލާށެވެ. ކައްކާއިރު އިރުކޮޅު ކޮޅަ ދޭފަތުން މިކްސްކުރަން ހަދާން ބަހައްޓަންވާނެއެވެ. ދެން ތާސް އުދުން މަތިން ނަގާށެވެ.
އެއަށްފަހު ވަކިން ހޫނު އެއްޗެތި އެޅޭކަހަލަ ބޯތައްޓެއްގައި ބިހުގެ ގޮބޮޅި، ކޯން ފްލާ، އަދި ހަކުރު އެއްކުރާށެވެ. ހުރިހާއެއްޗެއް އެކުގައި މިކްސްވުމުން މީގެތެރެއަށް ކުރިން ކެއްކި އެއްޗެތި މަޑުމަޑުން އަޅަމުން އެއްކުރަމުން ގެންދާށެވެ.
ދެން އަނެއްކާވެއް ކުރިން ބޭނުންކުރި ތާހައް މިމިކްސްގަނޑު އަޅާށެވެ. އަދި މަޑުގިނީގައި 15-20 މިނެޓާދެމެދު މިކްސްކުރަމުން ކައްކަމުން ގެންދާށެވެ. ރަގަނޅަށް އޮލަވެ ކެއްކުމުން މިހުރީ ކަސްޓަޑް ހެދިފައެވެ. ފިނިކޮށްގެން ނުވަތަ ހޫނުކޮށް ކޭކު، ފްރުޓްސް އަދި ފޭންކޭކު ފަދަ އެއްޗެއްސާއެކު މިކަސްޓަޑު ވަރަށް މީރުވާނެއެވެ.