ކާނާ

ރެސިޕީ : ސްޓިކީ ޑޭޓް ޕުޑިން



ތަފާތުވައްތަރެއްގެ ކޭކު ތައްޔާރުކޮށްލަން ބޭނުންނަމަ ސްޓިކީ ޑޭޓް ޕުޑިން މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

2 ޖޯޑު ކަދުރު (އޮއްނަގައި ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ ބައިކާބޮނޭޓް ސޯޑާ
80ގ ބަޓަރު (މަޑުކޮށްފައި)
1 ޖޯޑު ބްރައުން ޝުގަރ
1 ސައިސަމުސާ ވެނީލާ އެސެންސް
3 ބިސް
1 ½ ސެލްފް ރެއިސިން ފްލާ (ފުއް)
ވިޕް ކްރީމް (ކޭކާއެކު ކެއުމަށް ބޭނުންކުރުމަށް)

ބަޓަރ ސްކޮޗް ސޯސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި :

1 ޖޯޑު ބްރައުން ޝުގަރ
300މލ ކްރީމް
100ގ ބަޓަރ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރަނެ ގޮތް :

ފުރަތަމަ 160 ޑިގްރީގައި އަވަން ހޫނުކުރުމަށް ޖައްސާށެވެ. ދެން ކޭކު އަޅާ ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި، ފުއްކޮޅެށް ހާކާލާށެވެ.
ތާހެއްގައި 1 ½ ފެނުގެ ތެރެއަށް ކަދުރުތައް އަޅައި ގަދަގިނީގައި ކައްކާލާށެވެ. ފެންގަނޑު ބޮކިއަރަންފެށުމުން އުދުންމަތިން ތާސްނަގާ، ތާހުގެ ތެރެއަށް ބައިކާބޮނޭޓް ސޯޑާއަޅާ އެއްކޮށްލާށެވެ. ސޯޑާއެޅުމުން ތާހުގައި ހުރިއެއްޗެތި ބޮކިއަރަންފަށާނެވެ. 10 މިނެޓެއްހާއިރު މިތަކެތި އެއްކައަރީގައި ބަހައްޓާށެވެ.
ދެން ފުޑް ޕްރޮސެސަރ (ނުވަތަ ބްލެޑަރ، މިކްސަރެއްގައި) ބަޓަރާއި، ވެނީލާ އެސެންސްއާއި އެކު ކަދުރުތައް މިކްސްކުރާށެވެ. އެކުގައި ހުރިހާއެއްޗެއް އެއްކުރެވުމުން އޭގެތެރެއަށް ބިހާއި ފުށް އަޅައި އަނެއްކާވެސް ބްލެންޑުކުރާށެވެ.
މިކްސްގަނޑު ކުރިން ތައްޔާރުކުރި ޓްރެއަށްއަޅާފައި، އަވަނަށްލައި 50-55 މިނެޓު ވަންދެން ފިހެލާށެވެ. ދެން ކޭކު ފިހެވުމުން ހިހޫވަންދެން ބަހައްޓާށެވެ. އަދި ހިހޫވުމުން ޓްރޭ އިދިފުށަށް ޖަހާ ކޭކު ޓްރޭއިން ވަކިކޮށް، ތައްތެއްގެ މައްޗަށްލާށެވެ.
ބަޓަރސްކޮޗް ސޯސް ތައްޔާރުކުރުމަށް ކުޑަ ތާހެއްގައި ބަޓަރ، ބްރައުން ޝުގަރ، އަދި ކްރީމް އަޅާ މަޑުގިނީގައި ކައްކާށެވެ. ހަކުރުތައްއެކުގައި ގިރެންދެން ކެއްކުމަށްފަހު ގިނި އެންމެ ދައްކޮށްލާށެވެ. އިރުކޮޅުކޮޅަ ދޭފަތުން ގިރާލަގިރާލަ 10 މިނެޓު މަޑުކޮށްލާށެވެ.
ކޭކު ފޮތިކޮށްފަ ތައްޓެއްގައި ވިޕްކްރީމާ، ބަޓަރސްކޮޗް ސޯސްއާއެކު ކާންވީއެވެ.