ކާނާ

ރެސިޕީ : މިލްކް ޗޮކޮލެޓް ނޯ-ބޭކް ސްލައިސް


މީރު ފޮނިއެއްޗެއް އަވަހަށް ތައްޔާރުކޮށްލައިގެން ކާން ބޭނުމިއްޔާ މިއީ ރަނގަޅު އެއްޗެކެވެ. އެންމެ ފައްކާކަމަކީ މިއީ ފިހަން ޖެހޭ އެއްޗަކަށް ނުވާތީއެވެ.

ބޭނުންވާ ތަކެތި :

1 ½ ހުނި (ޑްރައިކޮށްފައި، އަވަނުންވިޔަސް، އަވިންވިޔަސް އޯކޭވާނެއެވެ)
1 ޖޯޑު ކޯންފްލޭކްސް (މުގުރާފައި)
1 ޖޯޑު ހިކި މޭބިސް ކަދުރު
½ ޖޯޑު ހިކި ކްރޭންބެރީ
1/3 ޖޯޑު ކޮކޯއާ
400ގ ގެރިކިރު
90ގ ބަޓަރު (މަޑުކޮށްފައި)
125ގ ކެޑްބަރީ ޗޮކޮލެޓް (ކުދިކޮށް ކޮށާފައި)
90ގ ބަޓަރު (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް :

ބޯތައްޓެއްގައި ކާށި، ކޯންފްލޭކްސް ކުނޑި، މޭބިސްކަދުރު، ކްރޭންބެރީޒް، ގެރިކިރު، އަދި ކޮކޯ ޕައުޑަރާ، މަޑުކޮށްފައިހުރި ބަޓަރު ރަގަނޅަށް އެއްކުރާށެވެ. ދެން ޓްރޭއެއްގެ ފުލުގައި ބަޓަރކޮޅެއް ކާތާފައި، ބޭކިން ޕޭޕަރއަޅާށެވެ. ދެން ޓްރޭގެ ތެރެއަށް ކުރިން އެއްކުރި ތަކެތި އަޅާލައި، ފަތުރާލުމަށްފަހު އަތުން ފިއްތާލާށެވެ. މިޓްރޭ ފިނިކުރަން ފްރިޖަށްލާށެވެ. ގައިގަނޑަކަށް 3 ގަޑިއިރު ރަނގަޅުވާނޭއެވެ.
ދެން އުދުންމަތީގައި ބޮޑު ތެއްޔެއްގައި ފެންއަޅާފަ އުދާށެވެ. މީގެ މައްޗަށް ކުޑަ ތެއްޔެއްލައި، ޗޮކޮލެޓް އަދި ކުދިކޮށްކޮށާފައިވާ ބަޓަރުތައް އަޅާ މެލްޓްކުރާށެވެ. އަދި ކުރިން ފިނިކުރަންލީ ޓްރޭގައި ފިނިކުރަންލީ އެތީގެ މައްޗަށް މިޗޮކޮލެޓްތައްއަޅާ ފަތުރާލާށެވެ. އަދި 1 ގަޑިއިރު ފިނިކޮށްލާށެވެ.