ކާނާ

ރެސިޕީ : ވެނީލާ ޗާއީ ސްމޫތީ


ޗާއީއަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައިވެސް މަޤުބޫލު އެއްޗެކެވެ. މިސްމޫތީ ޗާއީ މީކޮންމެ މީހަކުވެސް ރަހަބަލާލަން ރަގަނޅު އެއްޗެކެވެ.

ބޭނުންވާ ތަކެތި :

2 ސައިފަތް ޕެކެޓު
ވެނީލާ ބީންސް ނުވަތަ އެސެންސް (ބީންސް ވެއްޖެނަމަ 1، އެސެންސް ވެއްޖެނަމަ 1 ސައިސަމުސާ)
¼ ހޫނު ފެން
1 ޖޯޑު ލޯފެޓް ވެނީލާ ޔޯގަޓް
1 ޖޯޑު އައިސް ކިއުބް
މުގުރި ފޮނިތޮށި (ސާރވްކުރަން)

ތައްޔާރުކުރަނެ ގޮތް :

ޖަގަކަށް ހޫނުފެން އަޅާފައި އެއަށްސައިފަތް ޕެކެޓް ލުމަށްފަހު މަތިޖަހާފައި 5 މިނެޓު ބަހައްޓާލާށެވެ. ދެން ސައިފަތް ޕެކެޓުތައް ނަގާފައި އެއްލާލުމަށްފަހު ޖަގުގައި ހުރި ސައި ހިހޫވަންދެން ބަހައްޓާށެވެ.
ބްލެންޑަރއެއްގައި ޔޯގަޓް، ވެނީލާ، އައިސްކިއުބް، އަދި ޖަގުގައި ހެދި ސައިފޮދު އެކުވަންދެން ބްލެންޑްކުރާށެވެ. ވަކިވަކި ތައްޓަށް އެޅުމަށްފަހު މައްޗަށް ފޮނިތޮށި އަޅާ ސާރވްކުރާށެވެ.