ކާނާ

ރެސިޕީ : ސެވަން މިނެޓްސް އިން ހެވަން ކޭކް


މިއީ ރަހަމީރު ތައްޔާރުކޮށްލަން ފަސޭހަ ފޮނިކާތަކެތީގެ ބާވަތެކެވެ.

ތައްޔާރުކުރަން ބޭނުންވާނެ ތަކެތި :

ބަޓަރ ކޭކެއް ( ފިހެފައި )
2 ޗޮކޮލެޓް ޕުޑިން ( ތައްޔާރުކޮށް ޕެކްކޮށްފައި ހުންނަ ވައްތަރު )
½ ޖޯޑު ކިރު
4 ޖޯޑު ހެވީ ކްރީމް
¼ ސައިސަމުސާ މުގުރާފަހުރި ހަކުރު
1 ސައިސަމުސާ ވެނީލާ އެސެންސް
ގާނާފަހުރި ޗޮކޮލެޓް

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ތައްޔާރުކޮށްފައި ހުރި ބަޓަރކޭކް ޓްރޭއެއްގެ ތެރެއަށް ލުމަށްފަހު، ސަމުސަލެއް ނުވަތަ އުދުޅިއެއްގެ ނުފަޅިން ކޭކުގެ މަތީގައި ކުދި ލޯވަޅުއަޅާށެވެ. ދެން ވަކިން ބޯތައްޓެއްގައި ކިރާ ޕުޑިންތައް މިކްސްކޮށްލުމަށްފަހު ކޭކުގެ މައްޗަށްއަޅާ އެއްވަރުކޮށްލާށެވެ. ކޭކު ޓްރޭ ފްރިޖަށްލާ 2 ގަޑިއިރު ގަނޑުކުރާށެވެ.
ވަކިން ބޯތައްޓެގައި ހޭންޑް މިކްސަރެއް ބޭނުންކޮށްގެން ހެވީ ކްރީމް، ހަކުރު އަދި ވެނީލާ އެސެންސް މިކްސްކުރާށެވެ. ކްރީމް ރަނގަޅަށް ވިޕްވަންދެން މިކްސްކުރުމަށްފަހު، ކުރިން ފްރީޒްކުރި ކޭކުމަތީގައި ވިޕް ކްރީމް ކާތާލާށެވެ. ގާނިޝްކުރުމަށް ގާނަފައި ހުރި ޝޮކޮލެޓްތައް މައްޗަށް އަޅާށެވެ.
އޭރުން އެހުރީ ތައްޔާރުކުރެވިފައެވެ.